ލޭބަރުން އަރުވައިގެން ބާރު ސްޕީޑުގައި ދުވަމުންދިޔަ ބަހެއް ކޮންޓެއިނަރ ޓްރަކްއަކާއި މުޑިއަރާ ޕާކިސްތާނުގައި 28 މީހަކު މަރުވެއްޖެއެވެ.
މިބަސް ދުއްވަމުން ދިޔައީ، އީދު ބަންދާ ދިމާކޮށް، ލޭބަރުން އެމީހުންގެ އަވަށް ދިއުމަށްޓަކައެވެ. އެކްސިޑެންޓް ވިއިރު، ބަސް ދަތުރު ކުރަމުން ދިޔައީ ސެންޓްރަލް ޕާކިސްތާނުގެ ކާރޫބާރޫ ބޮޑު ހައިވޭއެއްގައެވެ. މިހާދިސާގައި އިތުރު 40 މީހަކަށް އަނިޔާވެފައިވާ ކަމުގައި މީހުން ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންދާ ފަރާތްތަކާއި އޮފިޝަލުންގެ ފަރާތުން މައުލޫމާތު ދީފައި ވެއެވެ.
މިބަސް ސިއަލްކޮޓް ސިޓީން ނައްޓާލުމަށްފަހު ދަތުރު ކުރަމުން ދިޔައީ ޓައުންސާ މަގުންނެވެ. ސީނިއަރ ޕޮލިސް އޮފިސަރު ހަސަން ޖޭވްޑް ވިދާޅުވެފައިވަނީ، މި ބަސް ދަތުރު ކުރަމުން ދިޔައީ ޕާކިސްތާންގެ ޕަންޖާބް ޕްރޮވިންސްގެ އިރުމަތީގައި އޮންނަ ދެރަ ގާޒީ ޚާން ސީޓީއަށެވެ.
ޕޮލިސް އޮފިސަރު ވިދާޅުވި ގޮތުގައި މި ހާދިސާ ހިގަން މެދުވެރިވީ ސަބަބު ހޯދުމަށްޓާކާ މިހާރުދަނީ ތަހުގީގު ކުރެވެމުންނެވެ.
ޕާކިސްތާނުގެ ބައެއް ލޯކަލް މީޑިއާތަކުން މައުލޫމާތު ދޭގޮތުގައި، މީހުން ސލާމަތްކުރާ ފަރާތްތަކުން މިހާރު ދަނީ، މަރުވެފައިވާ މީހުންނާ އަނިޔާވެފައިވާ މީހުން ކައިރި ހޮސްޕިޓަލްތަކަށް ގެންދަމުންނެވެ. މީހުން ސަލާމަތްކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ޝާރު ޚާންއާ ހަވާލާދީ މީޑީއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އަނިޔާވި ބައެއް މީހުންގެ ހާލަތުވެސް ވަރަށް ނާޒުކެވެ.
އޭނާ ވިދާޅުވި ގޮތުގައި ބަހުގައި ދަތުރު ކުރަމުންދިޔަ މީހުން ދަތުރު ކުރަމުން ދިޔައީ އެމީހުން ނިސްބަތްވާ ސިޓީ ކަމުގައިވާ ރާޖަންޕޫރަށް، އީދު ފާހަގަ ކުރުމަށެވެ.
ކޮމެންޓު ފޮނުވާ