ފާއިތުވި 10 މަސްދުވަހުގެ ތެރޭގައި އޮސްޓްރޭލިއާގައި ކޯވިޑްބަލީގައި މަރުވީ އެންމެ މީހެއް

ފާއިތުވި 10 މަސްދުވަހުގެ ތެރޭގައި އޮސްޓްރޭލިއާގައި ކޯވިޑްބަލީގައި މަރުވީ އެންމެ މީހެއް

Author
ހުސެއިން
12 ޖުލައި 2021 06:36
0

ފާއިތުވި 10 މަސްދުވަހުގެ ތެރޭގައި އޮސްޓްރޭލިއާގައި ކޯވިޑް ބަލީގައި މަރުވި ފުރަތަމަ މީހާ މިހަފްތާގެ އާދީއްތަ ދުވަހު މަރުވެއްޖެއެވެ.

އޮސްޓްރޭލިއާގެ އޮތޯރިޓީތަކުން ބުނެފައިވަނީ ކޯވިޑް ބަލީގައި މަރުވެފައިވަނީ، އުމުރުން 90 އަހަރުގެ އަންހެނެއް ކަމުގައެވެ. އޭނާ މަރުވެފައިވަނީ އޮސްޓްރޭލިއާގެ ސިޑްނީގައެވެ.

އޭނާއަށް ކޯވިޑް ޖެހިފައިވަނީ، އާއިލާގެ މީހެއްގެ ފަރާތުންނެވެ.

އޮސްޓްރޭލިއާގެ ނިއު ސައުތު ވޭލްސްއިން މި ހަފްތާގެ އާދީއްތަ ދުވަހު ކޯވިޑް19އަށް ޕޮޒިޓިވް ވެފައިވަނީ 77 މީހުންނެވެ. މި ސިޓީގައި ކޯވިޑް ބަލީގައި މިހާރު އެޑްމިޓް ކުރެވިފައިވަނީ 55 މީހުންނެވެ. މީގެތެރޭގައި އައިސޫޔޫގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދަނީ 15 މީހުންނަށެވެ.

އޮސްޓްރޭލިއާގެ އެންމެ ބޮޑު ސިޓީ ކަމުގައިވާ ސިޑްނީގައި ކޯވިޑްގެ ނުރައްކާތެރި ޑެލްޓާ ވޭރިއެންޓް ފެތުރެމުން ދާތީ، ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކާ އެސިޓީ މިވަގުތު އޮތީ ލޮކްޑައުން ކޮށްފައެވެ.

އެސްޓްރޭލިއާގެ ސިޑްނީން މަރުވެފައިވާ އުމުރުން 90 އަހަރުގެ އަންހެން މީހާއަކީ، މިބަލީގައި އެސިޓީގެ 57 މަރެވެ. އަދި ފާއިތުވި 10 މަސްދުވަހުތެ ތެރޭގައި މަރުވި ފުރަތަމަ މީހާވެސްމެއެވެ.

ކޯވިޑް ކާރިސާ ދުނިޔޭގައި ފެށުނުފަހުން އޮސްޓްރޭލިއާގައި ކޯވިޑް ބަލީގައި މަރުވެފައިވަނީ، 911 މީހުންނެވެ. އަދި މިބައްޔަށް ޕޮޒިޓިވް ވެފައިވަނީ 31،000 މީހުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.