މަޝްހޫރު ބިލިއަނަރ ރިޗަރޑް ބްރޭންސަން، ތާރީޚި ދަތުރުގައި، ވާރޖިން ގެލެކްޓިކްގެ VSS ޔުނިޓީގައި، ޖައްވަށް މީގެ ކުޑައިރުކޮޅެއް ކުރިން ނައްޓާލައިފިއެވެ.
މި ދަތުރަށް ނައްޓާލުމުގެ ކުރިން، ބިލައަނަރ ރިޗަރޑް ބްރޭންސަންއާއި އަދި އިތުރު ފަޅުވެރިންނާއެކު، މީގެކުރިންވަނީ ޓެސްޓް ފްލައިޓްގެ ގޮތުގައި 20 ދަތުރު ކޮށްފައެވެ. މީގެތެރެއިން 3 ދަތުރެއްގައިވަނީ، ދުނިޔޭގެ ޖައްވު ނިމޭ ހިސާބަށް ދަތުރު ކޮށްފައެވެ.
ބްރޭންސްން އިންނެވި VSS ޔުނިޓީ ހަރު ކޮށްފައިވަނީ، މި އުޅަދު ހަރުކޮށްގެން ދަތުރުކުރާ "ވައިޓްނައިޓްޓޫ" ނަމަކަށް ކިޔާ މަތިންދާ ބޯޓުގައެވެ. އަދި VSS ޔުނިޓީ ފެންނާނީ، މި ބޯޓުގެ ފިޔައިގައި ހަރުކޮށްގައި ހުންނަ ދެ ޖެޓްގެ ސިފައިގައެވެ.
"ވައިޓްނައިޓްޓޫ" އިން VSS ޔުނިޓީއާއެކީ 45 މިނިޓްގެ ދަތުރެއް ކުރާނެއެވެ. އަދި މި ދަތުރަށްފަހު، މަޑުމަޑުން ޖައްވުގެ ނިމޭ ހިސާބަށް ދަތުރުކުރާނީ، ބިމުން ފެށިގެން 40،000 ފޫޓާއި 50،000 ފޫޓާއި ދެމެދުގެ ރާސްތާއަކަށެވެ.

ރިޗަރޑް ބްރޭންސަންއާއެކު، ވާރޖިން ގެލެކްޓިކްގެ VSS ޔުނިޓީ ކުރާ ދަތުރު، ބިމުން އުދުއްސާލުމަށްފަހު، އެބުރި ބިމަށް އައުމާ ދެމެދު ހޭދަވެގެންދާނީ، ގާތްގަޑަކަށް އެއް ގަޑިއިރުގެ ދަތުރެކެވެ.
އެސްޓްރޮނޯޓުން އާންމުކޮށް ޖައްވަށް ކުރާ ދަތުރުތަކުގައި ދުނިޔެވަށާ ބުރުޖަހާ އަދި، ޖައްވުގައި އެތައް ދުވަހެއް ހޭދުކުރާއިރު، މި ދަތުރުތަކާ ޚިލާފަށް، ވާޖިން ގެލެކްޓިކްގެ ދަތުރުތަކަކީ ކުރު ދަތުރުތަކެކެވެ.
އެހެންނަމަވެސް، މިއުޅަދު، ބިމުން 50 މޭލު މައްޗަށް އުދުހޭނެއެވެ. މިއީ އެމެރިކާގެ ސަރުކާރުން، ދުނިޔޭގެ ޖައްވުގެ އެންމެ ބޭރު ފަށަލައިގެ ގޮތުގައި ކަނޑައަޅާފައި އޮންނަ ހިސާބެވެ.
ބިލިއަނަރ ރިޗަރޑް ބްރޭންސަން ތާރީޚި ދަތުރުގައި ޖައްވަށް އުދުއްސާލާފައިވާއިރު، މި ޖުލައިމަހުގެ 20 ވަނަ ދުވަހު، މަޝްހޫރު ބިލިއަނަރ ޖެފް ބެޒޮސްވެސް ތަރީޚި ދަތުރެއްގައި ޖައްވަށް ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ރިޗަރޑް ބްރޭންސަން ޖައްވަށް ދަތުރު ކުރުމަށްޓަކާ ދެކެމުން އައި ހުވަފެނަކީ، 2004 ވަނަ އަހަރު ޖައްވަށް ދަތުރުކުމުގެ ޝައުގުވެރިކަން ހުރިކަމަށް އޭނާ ވިދާޅުވި ދުވަހުން ފެށިގެން ދެކެމުން އައި ހުވަފެނެކެވެ.

އޭރު އޭނާ އުއްމީދު ކޮށްފައިވަނީ، 2007 ވަނަ އަހަރު ވިޔަފާރި އުސޫލުން ޖައްވަށް ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ