އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗު އެއްވަރުވެގެން މެންޗެސްޓަރ ސިޓީއަށް އިތުރު ހުރަސްތަކެއް ކުރިމަތިވެއްޖެއެވެ. ލީގުގައި ވެސްޓްހޭމް ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ 1-1 ންނެވެ
މެޗުގެ ފުރަތަމަ ހާފު ސިޓީން ގިނައިރުބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، މި ހާފުގައި އެ ޓީމަށް ނުރައްކާތެރި ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ. މެޗުގެ 18 ވަނަ މިނެޓުގައި ލަޑިމިއާ ކޫފަލް ނަގައިދިން ހުރަހަކުން މިކޭލް އެންޓޯނިއޯ ވެސްޓަހަމްއަށް ލީޑްނަގައިދިނެވެ. މިއީ ވެސްޓްހޭމުން ސިޓީގެ ގޯލާ އަމާޒުކޮށް ފޮނުވާލި ފުރަތަމަ ހަމަލާއެވެ.
ދެވަނަހާފް ފަށައިގެން ހަވަނަ މިނެޓުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް ޕިލްފޯޑެން ވަނީ ސިޓީއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ޔާއޯ ކަންސެލޯ ހުރަސްކޮށްދިން ބޯޅައަކުންނެވެ.
މި މެޗު އެއްވަރުވުމުން ތާވަލުގެ 10 ވަނައިގައި އޮތް ވެސްޓް ހޭމާއި، 11 ވަނައިގައި އޮތް ސިޓީއަށްވެސް ވަނީ އަށް ޕޮއިންޓް ލިބިފައެވެ. ވޭސްޓްހޭމް އަށް ކުރި ލިބެނީ ގޯލްގެ ތަފާތުންނެވެ.