ޝިދާތާ ވަރި ނުކުރަން، ފަތުރަނީ ދޮގު ޚަބަރެއް: ޒިޔާ

ޝިދާތާ ވަރި ނުކުރަން، ފަތުރަނީ ދޮގު ޚަބަރެއް: ޒިޔާ

Author
މުޙައްމަދު ޝަޒައިމް
09 ޖުލައި 2021 08:12
0

ކުރީގެ ފެމިލީ މިނިސްޓަރު ޝިދާތާ ޝަރީފާއި ފިލްމީ ތަރި އަހުމަދު ޒިޔާއު (ޒިޔާ) ގެ ކައިވެނި ރޫޅާލާފައިވާ ކަމަށް ދެކެވޭ ވާހަކަތައް ޒިޔާ ދޮގުކޮށްފިއެވެ.

ޝިދާތާއާއި ޒިޔާ ކައިވެނި ކޮށްފައިވަނީ ވެސް ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ހަތަރު ވަރަކަށް މަސް ފަހުންނެވެ. މި ދެ މީހުން ކައިވެނިކޮށްފައި ވަނީ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ.

ބައެއް މީޑިއާތަކުގައި ވާހަކަ ދައްކަމުން ޒިޔާ ބުނެފައިވަނީ އެ މީހުންގެ ކައިވެނި ރޫޅިފައިވާ ކަމަށް ބުނެ ފަތުރަމުންދަނީ ބުހުތާނު ދޮގު ކަމަށެވެ. އަދި އެފަދަ ޒިންމާދާރު ކަމެއް ނެތް ވާހަކަތައް ފެތުރުން ވަރަށް ބޮޑަށް ކުށްވެރި ކުރާ ކަމަށެވެ.

ޝިދާތާއަކީ އަދިވެސް އަޅުގަނޑުގެ ހަލާލު އަނބިމީހާ. އަޅުގަނޑު ޝިދާތާ ވަރިއެއް ނުކުރަން. އަޅުގަނޑުމެން ދެ މީހުންނަށްވެސް ނޭންގެ މިގޮތަށް ބަޔަކު ވާހަކަ ފަތުރަނީ ކީއްވެ ކަމެއް. އެކަން ކުށްވެރިކުރަން.

– ޒިޔާ ބުނެފައިވެއެވެ.

ޝިދާތާ އާއި ޒިޔާ ކައިވެނި ކޮށްފައިވަނީ ފެމިލީ ކޯޓުގައެވެ. އެ ދެ މީހުން ކައިވެނި ކޮށްފައިވަނީ ރައްޓެހިވެގެން އުޅޭތާ ހަތަރު ވަރަކަށް މަސް ފަހުންނެވެ. އެންގޭޖުވި ދުވަހު ޝިދާތާ ބުނެފައި ވަނީ އޭނާގެ ހިތް ވަނީ އުފަލުން ފުރިފައި ކަމަށާއި، ހަޔާތުގެ އާ ދަތުރެއް ފެށުނީ ކަމަށެވެ. ޝިތާދާ އާއި ޒިޔާވެސް މީގެ ކުރިން ކައިވެންޏެއް ކޮށްފައިވެ އެވެ. ޝިދާތާ މީގެ ކުރިން އެއް ކައިވެނިކޮށްފައިވާއިރު، ޒިޔާ ދެ ކައިވެނި ކޮށްފައިވެއެވެ.

ޝިދާތާ ކުރި ކައިވެނިން އޭނާއަށް ތިން ދަރިން ލިބިފައި އެބަ ތިއްބެވެ. ޒިޔާގެ ކުރީގެ ކައިވެންޏަކުން އޭނާއަށްވެސް ދަރިއަކު ލިބިފައިވެއެވެ. ޒިޔާއަކީ މީގެ ކުރިން އެކި ފިލްމުތަކުގައި ސީރިއަސް ރޯލުތައް ކުޅުމުގެ އިތުރުން ވީޑިއޯ ލަވަތައްވެސް ކުޅެފައިވާ ފަންނާނެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.