ރާއްޖެއާ އިންޑިއާގެ ބައިވެރިކަން ވަރުގަދަކުރަން ހާރިޖީ ވަޒީރުން މަޝްވަރާކުރައްވައިފި

ރާއްޖެއާ އިންޑިއާގެ ބައިވެރިކަން ވަރުގަދަކުރަން ހާރިޖީ ވަޒީރުން މަޝްވަރާކުރައްވައިފި

Author
އަހުމަދު
28 ނޮވެމްބަރ 2026 08:47
0

ރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް، ނިއުދިއްލީގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް. ޖައިޝަންކަރާ ބައްދަލުކުރައްވައިފި އެވެ.

އިންޑިއާގެ ހާރިޖީ ވުޒާރާގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، ދެ ގައުމުގެ މެދުގައި އޮތް ދުވަސްވީ ގާތް ރަހުމަތްތެރިކަމާއި ވަރުގަދަ ބައިވެރިކަން ދެ ވަޒީރުން އަލުން ކަށަވަރުކުރެއްވި އެވެ. އަދި ދެ ގައުމުގެ މެދުގައި އޮތް އިތުބާރާއި ދޭދޭ ދޭހަވުމުގެ މައްޗަށް ބިނާކޮށް، ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ވަޒީރުގެ އަރިހުގައި، އިންޑިއާއަށް ކަނޑައަޅުއްވާފައިވާ ރާއްޖޭގެ ހައިކޮމިޝަނަރު އައިޝަތު އަޒީމާއާއި ހާރިޖީ ވުޒާރާގެ އެޑިޝަނަލް ސެކްރެޓަރީ ޑޮކްޓަރު އިބްރާހީމް ޒުހުރީ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.