ބޯހިޔާވަހިކަމުގައި އިސްކަން ދޭނީ ނިކަމެތިންނަށް، ނުފޫޒަކަށް ނުބަލާނެ: ރައީސް

ބޯހިޔާވަހިކަމުގައި އިސްކަން ދޭނީ ނިކަމެތިންނަށް، ނުފޫޒަކަށް ނުބަލާނެ: ރައީސް

Author
އަހުމަދު
28 ނޮވެމްބަރ 2026 01:49
0

 

ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި އެއްވެސް މީހެއްގެ ނުފޫޒަކަށް ނުބަލާނެ ކަމަށާއި، ސިޔާސީ ވިސްނުމާ ނުގުޅުވައި ހަމަހަމަކަމާއެކު އެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ "ރައްޔިތުންގެ އަޑު" ޕްރޮގްރާމްގައި ބައިވެރިވި އަންހެނަކު ސުވާލެއް ކުރުމުން އޭގެ ޖަވާބު ދެއްވަމުންނެވެ. އޭނާ ފާހަގަކުރީ ފިރިމީހާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށާއި، އެ އާއިލާއަށް ބޯހިޔާވަހިކަމުގެ ދަތިކަމާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން އެންމެ ނިކަމެތި ހާލަތްތަކަށް އިސްކަން ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ބޯހިޔާވަހިން ކަހަލަ ދަތި އެއްވެސް ކަމެއް ސިޔާސީ ކަމަކާއި އަޅުގަނޑުމެން ނުގުޅުވާނަން. އަޅުގަނޑު މަސައްކަތްކުރާނީ އެއްވެސް ނުފޫޒަކަށް ބަރޯސާނުވެ، ހަމަހަމަކަމާއެކީ،" ރައީސް ވިދާޅުވިއެވެ.

ޕްރޮގްރާމްގައި އެހެން ބައެއް ފަރާތްތަކުން ވެސް ބޯހިޔާވަހިކަމާ ގުޅޭ ކަންބޮޑުވުންތައް ހިއްސާކުރިއެވެ. ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭ މުދައްރިސަކު ހުށަހެޅީ، އެފަދަ މުދައްރިސުންނަށް ރިސްކު އެލަވަންސް ނުލިބޭ މައްސަލައެވެ. ރައްޔިތުން ފާހަގަކުރި ހުރިހާ ކަމެއް ބައްލަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.