ދިގުރަށުން އެމްޑީޕީގެ ވޯޓު ފޮށި ހިފައިގެން ލޯންޗެއްގައި ފިލައިފި

ދިގުރަށުން އެމްޑީޕީގެ ވޯޓު ފޮށި ހިފައިގެން ލޯންޗެއްގައި ފިލައިފި

Author
އަހުމަދު
28 ނޮވެމްބަރ 2026 01:44
0

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، އދ. ދިގުރަށުގައި ބަހައްޓާފައިވާ ވޯޓު ފޮށި ދެ މީހަކު ހިފައިގެން ލޯންޗެއްގައި ރަށުން ބޭރަށް ގެންގޮސްފިއެވެ.

ލިބިފައިވާ މައުލޫމާތުން އެނގޭ ގޮތުގައި، މި ރޭ ވޯޓުލުން ކުރިއަށްދަނިކޮށް ދެ މީހަކު ވޯޓުލާ މަރުކަޒަށް ވަދެ، ފޮށި ހިފައިގެން ދުއްވައިގެން ގޮސްފައިވަނީ މަރުކަޒުގެ ސަރަހައްދުގައި ގިނަ ބަޔަކު ތިބިއިރުއެވެ. ބައެއް މީހުން ފަހަތުން ދުވި ނަމަވެސް، އެ ދެ މީހުން ވަނީ ރަށު ފަޅުގައި އޮތް ލޯންޗަކަށް އަރައިގެން ފުރާފައެވެ. ވޯޓު ފޮށި ގެންގޮސްފައިވާ ތަނެއް އަދި އެނގިފައެއް ނުވެއެވެ.

މިއަދުގެ އިންތިޚާބުގައި ޕާޓީގެ ގާތްގަނޑަކަށް 1،100 މަގާމަށް މީހުން ހޮވަމުން ދެއެވެ. ގައުމީ މަޖިލީހުގެ 359 މަގާމުގެ ތެރެއިން 86 މަގާމަށް ކެންޑިޑޭޓުން ވަނީ ވޯޓަކާ ނުލައި ހޮވިފައި ކަމުން، ވޯޓު ލެވެނީ ބާކީ 273 މަގާމަށެވެ.

މި އިންތިޚާބުގައި ވެސް ފާހަގަވަނީ މާލެއާއި ރާއްޖޭގެ އެހެން ސިޓީތަކާއި އަތޮޅުތަކުގައި، 'ބޮޑު ބަދަލު' އަދި 'ޓީމް އެމްޑީޕީ' ފެކްޝަންތަކުގެ މެދުގައި ހުރި ވަރުގަދަ ވާދަވެރިކަމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.