8 އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި ބިދޭސީ މީހާ ޝަރީއަތް ނިމެންދެން ބަންދަށް

8 އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި ބިދޭސީ މީހާ ޝަރީއަތް ނިމެންދެން ބަންދަށް

Author
ޢަލީ އާދަމް
28 ޖޫން 2021 10:56
0

އުމުރުން 8 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައިި ހައްޔަރު ކުރި ބިދޭސީ މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

ދެކުނުގެ ރަށެއްގައި އުމުރުން އަށް އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެއާއެކު އެ އަންހެން ކުއްޖާގެ އާއިލާއިން ވަނީ އެ މައްސަލަ ފުލުހުންނާއި ޖެންޑާގެ ސަމާލުކަމަށް ގެނެސްފައެވެ. އަދި ފުލުހުން ވަނީ މިމައްސަލާގައި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނީ ބިދޭސީ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރު ކުރުމުން، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ފުލުހުން ތަހުގީގު ކުރާ މައްސަލަ ތަކެކެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.