މިހާތަނަށް ރާއްޖޭގެ ވެރިކަމަށް އައި އެއްވެސް ޕާޓީއަކަށްވެސް އެއްވެސް ވެރިއަކަަށްވެސް މަސްތުވާތަކެތީގެ މައްސަލަ ހައްލުކޮށް ނުދެވުނުކަމަށް އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިއްމަވާފައިވާ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެއަށް ދިމާވެފައިވާ މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރާނީ އުމަރު ނަސީރު ކަމަށް އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިއްމަވައިފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
ފުލުހުން ތަހުގީގު ކުރުމަށްފަހު ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވާ މައްސަލަތަކުގެ 65 އިންސައްތަ މައްސަލަ އަކީ މަސްތުވާތަކެތީގެ މައްސަލަ ކަމަށް، ޕީޖީ އޮފީހުން ބުނެފައިވާ ޚަބަރަކާއި ހަވާލާދެއްވައި އުމަރު ވިދާޅުވީ ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި މަސްތުވާތަކެތީގެ 12،000 އަށް ވުރެ ގިނަ މައްސަލަ ފުލުހުންނަށް ހުށަހެޅުނު ކަމަށެވެ. އަދި އެ މައްސަލަތަކާގުޅިގެން އެތައް ސަތޭކަ އާއިލާއަކަށް އަސަރުކޮށް އެތައް ދަރިންނެއް މަގުމަތިވެފައިވާ ކަމަށް އުމަރު ވިދާޅުވިއެެވެ. މީގެ އިތުރުން މިކަމަކީ ދައުލަތަށް ބޮޑު ބުރައަކަށް ވެފައިވާ ކަމެއްކަމަށްވެސް އުމަރު ވިދާޅުވިއެވެ.
"އެއްވެސް ޕާޓީ އަކަށް، އެއްވެސް ވެރިޔަކަށް މައްސަލަ ހައްލު ކޮށެއްނުދެވުނު. އިރާދަކުރެއްވިއްޔާ މި މައްސަލަ ހައްލު ކުރާނީ އަޅުގަޑު"
– އުމަރު
އުމަރު ނަސީރު މިމޭރުމުން ވިދާޅުވެފައި ވާއިރު އެމަނިކުފާނަކީ ނިމިދިޔަ ރައީސް ޔާމިންގެ ވެރިކަމުގައި ހޯމް މިނިސްޓަރ ކަން ކުރެއްވި ބޭފުޅެކެވެ. އުމަރުގެ މިނިސްޓަރުކަމުގެ ދައުރުގައި މަސްތުވާތަކެއްޗާއި މާރާމާރީގެ މައްސަލަތައް ހައްލު ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައި ވާކަން އެމަނިކުފާނުވެސް ފާހަގަކުރައްވައެވެ. އެގޮތުން ކުށްވެރިންގެ ފައިގައި ޓެގު އެޅުވުމާއި މަސްތުވާތަކެތި ދެނެގަނެވޭނެފަދަ ކުއްތާ ސްކޮޑެއް ފުލުހުންގެ ތެރޭގައި އެކުލަވާލުން ހިމެނެއެވެ.
މިފަދަ މަސައްކަތްތަކުގެ ސަބަބުން ސިޔާސީ ގޮތުން ބޮޑެތި ފިއްތުންތަކެއް އެމަނިކުފާނަށް ކުރިމަތިވި ކަމަށްވެސް އުމަރު މީގެކުރިން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ