ޓެރަރިޒަމާ ދެކޮޅަށް ގެންގުޅޭ ސިޔާސަތު ބަދަލުނުކޮށްފިނަމަ ނުރައްކާ ބޮޑުވެދާނެ: އާދަމް ޝަރީފް

ޓެރަރިޒަމާ ދެކޮޅަށް ގެންގުޅޭ ސިޔާސަތު ބަދަލުނުކޮށްފިނަމަ ނުރައްކާ ބޮޑުވެދާނެ: އާދަމް ޝަރީފް

Author
މުޙައްމަދު ޖިމީ
27 ޖޫން 2021 02:18
0

ޓެރަރިޒަމާއި ހައްދުފަހަނައެޅުމާއ ދެކޮޅަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ބަދަލުނުކޮށްފިނަމަ ހީނުކުރާފަދަ ނުރައްކާތަކާއި ކުރިމަތިލާން ޖެހިދާނެކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ، އެމްޑީޕީގެ ސަޕޯޓަރުންނާ "ކްލަބް ހައުސް އެޕް" މެދުވެރިކޮށް ބައްދަލު ކުރައްވައި، އެޕާޓިގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު، ދިވެހިންނާއި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ގިނަ ބަޔަކު ހިފައި ހައްޔަރު ކުރަން މިހާރު ޖެހިފައިވާ ކަމަށް ވިދާޅުވުމާއި ގުޅިގެންނެވެ.

ރައީސް ނަޝީދުގެ އެވާހަކަފުޅައި ގުޅިގެން ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ޓެރަރިޒަމްއާއި ހައްދުފަހަނައެޅުމާއި ދެކޮޅަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ބަދަލުނުކޮށްފިނަމަ ހީނުކުރާފަދަ ނުރައްކާތަކާ ކުރިމަތިލާން ޖެހިދާނެކަމަށެވެ. އަދި ބަދަލު ހިފުމާއި ޖަދަލު ކުރުމަށްވުރެބޮޑަށް ލޮލާއި ކަންފަތާއި ބުއްދީގެ ބޭނުން ރަނގަޅަށް ހިފުން މުހިންމުކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

ޓެރަރިޒަމްއާއި އެކްސްޓްރީމްއާއި ދެކޮޅަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ބަދަލުނުކޮށްފިނަމަ ހީނުކުރާފަދަ ނުރައްކާތަކާ ކުރިމަތިލާން ޖެހިދާނެ! ބަދަލު ހިފުމާއި ޖަދަލު ކުރުމަށްވުރެބޮޑަށް ލޮލާއި ކަންފަތާއި ބުއްދީގެ ބޭނުން ރަނގަޅަށް ހިފުން މުހިންމު!

– އާދަމް ޝަރީފް ޢުމަރު

އާދަމް ޝަރީފް މިހެން ވިދާޅުވެފައިވާއިރު، ރައީސް ނަޝީދު ވަނީ، ހިފައި ހައްޔަރު ކުރުމުގެ އުސޫލުތައް މިހާރު އޮތް ގޮތަށް ގެންނަން ޖެހުނު ސަބަބަކީ، ކޮންމެ މީހެއްގެ އަސާސީ ހައްގުތައް ހިފެހެއްޓިގެން ހައްޔަރު ކުރާ ކުރުން ނިމުމަކަށް ގެނެސް، ވަކި ހަމަޖެހޭ އުސޫލުތަކެއްގެ ތެރެއިން އެ ކަންކުރުމަށްކަމަށެވެ. ނަމަވެސް ރާއްޖެއަށް ކުރިމަތިވެފައިވާ ނުރައްކަލުން ސަލާމަތްވެވެން އޮތީ އަނެއްކާވެސް އެކަން ބަދަލުކޮށްގެންކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އާދަނާ
އާދަންޝަރީފު އެގޮތަށް ވިދާޅުއެވަނި ްވަރަށްގިނަސަބަބުތަކެއް ނެތިވެއެއްނޫނެވެ.އާދަންޝަރީފުއަކީ މިސަރުކާރު ބަދަލުކުރަން ވެސް ޓެރަރިޒަމް ގެ ހަރަކާތް ރާވާ ހިންގާ އިސްމީހުންގެތެރޭގައި ހިމެނޭމީހަކަށް ވީމާ އޭނަޔަށް ރަގަޅަން އެބައެގޭ މިރާއްޖޭގެ ޓެރަރިޒަމަށް ހިތްވަރުދޭމީހުން ހިފާހައްޔަރު ކުރަންފަށާފިއްޔާ އެންފުރަތަމަ ހިފާހައްޔަރުކުރާމީހުންގެތެރޭގައި އޭނާ ހިމެނޭނެކަން ވީމާބިރުން ހޭބަލިވެގެން ތެޅިގަތީ
ހ ހައްގު
ހިފާހައިޔަރު ކުރުުގެ ސަގާފަތަކީ ހައްލެށް ނޫން ހައްލަކީ އަމިއްލަ އެދުމާއި ދުރުވެ ގައުމުގެ މަސްލހަތު އިސްކުރުމާއި އެކު ބުއްދީގެ ބޭނުން ﷲ އައްޓަކާހެޔޮގޮތު ހިފުން ނޫނީ މިހަމަހިމޭން އޮމާން ގައުމު ދުވަހަކުވެސް ދެކެފަ ނުވާ ހާލަތަކަށް ދިޔުމީ އެކަށީގެން ވާކަމެށް ކޮއްމެކަމެ ވެސް ކުރިމަތިވަނީ އެބައެއްގެ ހާލަތު އެބަޔަކު ﷲއާއި ރަސޫ ދެއްކެމަގާއި ގޮތާއި ޚިލާފުވުމުން.ސިކުނޑީގެ ބޭނުން ހެޔޮ ގޮތުގައި އެއްމެން ވެސް ހިފުމީ ރަނގަޅުގޮތް.