ރަހީނުކޮށް މަރާލާފައިވާ 13 އަހަރުގެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މި ހަފްތާގެ ތެރޭގައި އިންޑިއާއަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުނެފިއެވެ.
މިދިޔ ަހޯމަ ދުވަހު ހުޅުމާލެ ދެވަނަ ފިޔަވަހީގެ މޫދާ ދިމާލުގައި ފޮއްޓަކަށްލާ އެއްލާލާފައި އޮއްވާ ފެނުނު ކުއްޖާގެ ހަށިގަނޑު ފުލުހުންގެ ބެލުމުގެ ދަށުން އައި.ޖީ.އެމް.އެޗަށް ގެންގޮސް ބައެއް ޓެސްޓުތައް ވަނީ ހަދާފައެވެ. އަދި ކުއްޖާގެ ހަށިގަނޑު ފެނުނު ސަރަހައްދުން ހެކި ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ކޮށްފައެވެ. 13 އަހަރުގެ ކުއްޖާގެ މަރުގެ ހަޤީޤަތް ހޯދާ، ކުއްޖާއަށް ލިބިފައިވާ ޒަޙަމްތައް ދެނެގަތުމަށް ކުއްޖާގެ ހަށިގަނޑުގެ ޕޯސްޓްމޯޓް ހެދުމަށް ފުލުހުން ވަނީ ނިންމާފައެވެ.
ފުލުހުން ބުނީ، މި ހަފްތާގެ ތެރޭގައި ޕޯސްޓްމޯޓަމް ހަދަން ކުއްޖާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.
ކުއްޖާގެ މަރުގެ މައްސަލާގައ މިހާތަނަށް 2 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އެއީ އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކާއި، 27 އަހަރުގެ ފިރިހެނެކެވެ. އެ މީހުން ބަންދުގައި ބައިތިއްބައިގެން ތަޙުޤީގު ކުރިއަށްގެންދިއުމަށް މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ، 27 އަހަރުގެ ފިރިހެން މީހާ ތަހުޤީޤު ނިމެންދެން ބަންދުގައި ބެހެއްޓުމަށް މުއްދަތު ޖަހާފައެވެ. އަދި 17 އަހަރުގެ ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިއަށްގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ވަނީ ޖަހާފައެވެ. އަދި މި މައްސަލައިގައި ތަޙްޤީގުގެ ބޭނުމަށް އެ ކުއްޖާ އުފުލިކަމަށް ޝައްކުކުރެވޭ ޓެކްސީއެއް ފުލުހުން ވަނީ ބަލާ ފާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ