މިހާތަނަށް ބައި މިލިއަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

މިހާތަނަށް ބައި މިލިއަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

Author
މުޙައްމަދު ޖިމީ
27 ޖޫން 2021 12:51
0

މިއަހަރުގެ މިހާތަނަށް ބައި މިލިއަނެއްހާ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ޢާންމުކުރި އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި މިހާތަނަށް، 555،494 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. ބައި މިލިއަނަށްވުރެ ގިނަ މީހުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާތީ، އެކަން ފާހަގަކޮށް ޓޫރިޒަމް މިނިސްޓަރ ޢަބްދުﷲ މައުސޫމް ކުރެއްވި ޓްވީޓެއްގައި ވަނީ ރައްޔިތުންނަށާއި، އިންޑަސްޓްރީ ޕާޓުނަރުންނަށާއި، ހާއްސަކޮން އިންޑަސްޓުރީ މުވައްޒަފުންނަށް އަދި ހެލްތުޓީމުތަކާއި ވޮލެންޓިއަރުންނަށް މަރުހަބާއާއި ޝުކުރު އަދާކުރައްވާފައެވެ.

ޓޫރިޒަމް މިނިސްޓޤރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، މިމަހުގެ މިހާތަނަށް ރާއްޖެ އައިސްފައިވަނީ 46،023 ފަތުރުވެރިންނެވެ. އެއީ ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 1800 އެއްހާ ފަތުރުވެރިންނެވެ. މިމަހު އެންމެ ގިނަ ފަތުރުވެރިން މިހާތަނަށް ރާއްޖެ އައިސްފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. އެދުވަހު 2519 ފަތުރުވެރިން ވަނީ އައިސްފައެވެ.

އަހަރުގެ މެދާއި ހަމައަށް އައިއިރު ފަތުރުވެރިކަން ދަށްވެފައި މިވަނީ މީގެ ކުރީ އަހަރުތަކުގައިވެސް ދައްވާ ނިސްބަތުންނެވެ. މިދިޔަ އަހަރު މިހާހިސާބުގައި ކޯވިޑް-19 އާއި ގުޅިގެން ބޯޑަރު ބަންދުވި ނަމަވެސް އޭގެ ކުރީ، 2019 ވަނަ އަހަރު ދޮޅު ލައްކަ ފަތުރުވެރިން ފުރަތަމަ ހަތަރު މަހު ރާއްޖެއައެވެ. އަދި އެއަހަރު މޭއި ޖޫން މަހު އެވްރޭޖް ހުރީ ލައްކައަކަށް ވުރެ ތިރީގައެވެ. މިއަހަރުގެ އަދަދުތައް ދައްވި އަނެއް ސަބަބަކީ ރާއްޖޭގެ އިތުރުން، ފަތުރުވެރިކަމުގެ މާކެޓުގެ ޝެއަރ އޮންނަ ބައެއް ސަރަހައްދުތަކުގައި ކޯވިޑް އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.