ތޭރަ އަހަރުގެ ކުއްޖާގެ މަރާއި ގުޅިފައިވަނީ ޖިންސީ އަނިޔާ ފަޅާއެރުމާ

ތޭރަ އަހަރުގެ ކުއްޖާގެ މަރާއި ގުޅިފައިވަނީ ޖިންސީ އަނިޔާ ފަޅާއެރުމާ

Author
މުޙައްމަދު ޖިމީ
27 ޖޫން 2021 10:23
0

ރަހީނުކޮށް މަރާލާފައި އޮއްވާ ފެނުނުު ކުޑަކުއްޖާއަށް ތަކުރާރުކޮށް ޖިންސީ ގޯނާކޮށްފައިވާކަމަށާއި، އެކުއްޖާ ރަހީނުކޮށްގެން ގެންގުޅުނީ އެވާހަކަތައް ބަޔަކަށް ކިޔައިދިނުމުންކަން ހާމަވެއްޖެއެވެ.

އުމުރުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލާގައި މިހާތަނަށް ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ ޢުމުރުން 17 އަހަރުގެ ފިރިހެނަކާއި، 27 އަހަރުގެ ފިރިހެނެކެވެ.13 އަހަރުގެ ކުއްޖާ މަރާލާފައި އޮތްވާ ފެނުނީ މިދިޔަ ހޯމަދުވަހުގެ ރޭ ދަންވަރު 2:30 ހާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގެ އިރުއުތުރު ފަރާތުގެ މޫދަށް އެއްލާލާފައިވާ ފޮށްޓެއްގެ ތެރެއިންނެވެ. އަދި އެ ކުއްޖާ ފެނިފައިވަނީ ކުއްޖާއަށް އަނިޔާ ކުރާ ކަމުގެ މަޢުލޫމާތު ލިބިގެން ކުއްޖާ ހޯދުމަށް ކުރި މަސައްކަތުގެ ތެރެއިންނެވެ. ކުއްޖާގެ ހަޑިގަނޑު ފެނުނުއިރު ބޮޑެތި ޙާނިކަތަކެއް ދީފަހުރިކަމަށް ފުލުހުން ބުނެއެވެ. ކުއްޖާއަށް ލިބިފައިވާ އަނިޔާތަކާ، ކުއްޖާގެ މަރުގެ ޙަޤީގަތް ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމަށްވެސް ވަނީ ނިންމާފައެވެ.

އޮންލައިން ނޫސް މިހާރުގައި ރިޕޯޓްކޮށްފައިވާގޮތުގައި އެކުއްޖާ ރަހީނުކޮށްގެން ގެންގުޅުމުގެ ކުރިން، އެކިފަހަރުމަތިން ތަކުރާރުކޮށް ޖިންސީ ގޯނާކޮށްފައިވާާކަމަށާއި، އެކަން ސިއްރުކުރުމަށް ބިރުދައްކައި އެކުއްޖާއަށް އިންޒާރުދީފައިވާކަމަށް ބުނެފައިވެއެވެ. އަދި އެކުއްޖާގެ ޚަބަރެއް ނުވެ ލަސްވާން ފެށުމުން، ކަމެއް ގޯސްވެފައިވާކަމަށް ބެލެވިގެން ފުލުހުންނަށް ރިޕޯޓްކޮށް އެކުއްޖާ ހޯދުމުގެ މަސައްކަތް އެތައް ބަޔަކުވެގެން ކުރަމުންދިޔަކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

މީގެއިތުރުން އެ ފިރިހެން ކުއްޖާ ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ގެންގޮސް އެތަނުގައި އަނިޔާކުރުމަށްފަހު، އަނބުރާ މާލެ ގެނެސް ގެންގެގުޅެފައިވާކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހިން މަރާލާފައި އޮތްވާ ފެނުނު އުމުރުން 13 އަހަރުގެ ކުއްޖާ އުފުލިކަމަށް ޝައްކުކުރެވޭ ކާރެއް ފުލުހުން ބަލައި، ފާސްކޮށްފައިވެއެވެ. އެކުއްޖާ ރަހީނުކުރި މައްސަލާގައި ހައްޔަރުކުރި މީހުންގެ ބަންދަށް ކޯޓޫން ވަނީ މުއްދަތު ޖަހާދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.