އަންހެން ކުދިން ޚިޠާނުކުރުން ޤާނޫނަކުން މަނާކުރުމަކީ ވެރިންގެ ޤާނޫނީ ޒިންމާއެއް: ޑރ.ޝަހީދު

އަންހެން ކުދިން ޚިޠާނުކުރުން ޤާނޫނަކުން މަނާކުރުމަކީ ވެރިންގެ ޤާނޫނީ ޒިންމާއެއް: ޑރ.ޝަހީދު

Author
މުޙައްމަދު ޖިމީ
26 ޖޫން 2021 01:53
0

ދިވެހި ފަސްގަނޑުގައި އަންހެން ކުދިން ހިތާނަކުރުމަށް އެއްވެސް ގޮތަކަށް ޖާގަދެވިގެން ނުވާނެކަމަށް، ކުރީގެ ފޮރިން މިނިސްޓަރ އަދި އދ.ގެ ޚާއްޞަ ރެޕަޓުއަރ ޑރ.އަޙްމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

ޑރ.ޝަހީދު މިހެން ވިދާލުވެފައިމިވަނީ، އަންހެނުން ހިތާނު ކުރަން ހިތްވަރު ދޭ ކަމަށް ބުނެ، ދީނީ އިލްމުވެެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފްއާއި ދެކޮޅަށް މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް މައްސަލައެއް މަޖިލީހަށް ވެއްދުމާއި ގުޅިގެން، އެވާހަކަތައް ދެކެވެމުންދާ ދަނޑިވަޅެއްގައެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި، ޖެންޑަރ މިނިސްޓަރ އައިޝަތު މުޙައްމަދު ދީދީ ޓެގްކުރައްވާ ޑރ.ޝަހީދު ވިދާޅުވީ ދިވެހި ފަސްގަނޑުގައި އަންހެން ކުދިން ހިތާނަކުރުމަށް އެއްވެސް ގޮތަކަށް ޖާގަދެވިގެން ނުވާނެކަމަށާއި، އެކަން ޤާނޫނަކުން މުޅިން މަނާކޮށްގެން އަމަލީގޮތުން ފިހެލުމަކީ އެބޭފުޅުންގެ ޤާނޫނީ ޒިންމާއެއްކަމަށެވެ.

 

އަންހެންކުދިން ޚީޠާނުކުރުމާއި ގުޅޭގޮތުން  ދީނީ ޢިލްމުވެރިޔާ، ކުރީގެ ރައީސް އަދި މިސަރުކާރުގެ ކޯލިޝަންގެ އެއް ބައިވެރިޔާ ރައީސް މައުމޫން ވަނީ، އިސްލާމްދީނުގައި ހިތާނު ކުރުން ޝަރުއު ކުރައްވާފައިވަނީ ހަމައެކަނި ފިރިހެން ކުދިންނަށް ކަަމަށާ އަންހެން ކުދިން ހިތާނަ ކުރުމެއް ނެތް ކަމަށް ވިދާޅުވެފައެވެ.

ރައީސް މައުމޫން މިފަދައިން ވިދާޅުވިނަމަވެސް ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ އިލްމުވެރިޔާ ޝައިޚު ޑރ.މުހައްމަދު އިޔާޒު ވަނީ ރައީސް މައުމޫންގެ ވާހަތަކަށް އިންކާރު ކުރައްވާފައެވެ. ރައީސް މައުމޫން ވިދާޅުވެފައިވަނީ އިސްލާމްދީނުގައި ހިތާބު ކުރުން ޝަރުއު ކުރައްވާފައިވަނީ ހަމައެކަނި ފިރިހެން ކުދިންނަށް ކަަމަށާ އަންހެން ކުދިން ހިތާނަ ކުރުމެއް ނެތް ކަމަށެވެ. އަދި ހިތާން ކުރުމުގެ ނަމުގައި އަންހެން ކުދިންގެ ޖިންސީ ގުނަވަނަށް ގެެއްލުން ދިނުމަކީ އިސްލާމްދީނުގެ އުސޫލުތަކާއި ހިލާފު ނާތަހުޒީބު އަމަލެއް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ލ ލާހި
ނަމުގެ ކުރިޔަށް ޑރ ޖަހައިގެން މާބޮޑު އިލްމީ މީހަކަށް ހެދިގެން ޔަހޫދީންނަށް ޖާސޫސުކޮށް ދީގެން ކައިބޮއި އުޅުމަށް ވުރެން އޮޅު ހައްދައިގެން ކެޔަސް ރަގަޅުވާނެ !