ފިތުނައަކުން ސަލާމަތްވުމަށް އެއްވުރެއް ބޮޑު ފިތުނައަކަށް ޖާގަ ދީގެންނުވާނެ: އަމީން

ފިތުނައަކުން ސަލާމަތްވުމަށް އެއްވުރެއް ބޮޑު ފިތުނައަކަށް ޖާގަ ދީގެންނުވާނެ: އަމީން

Author
މުޙައްމަދު ޝަޒައިމް
22 ޖޫން 2021 10:44
0

ފިތުނައަކުން ސަލާމަތްވާން މާބޮޑު ފިތުނައެއްގެ ތެރެއަށް ބަޔަކު ވައްޓާލުމަކީ ބުއްދިވެރިއަކު ކުރާނެ ކަމެއް ނޫން ކަމުގައި ޖުމްހޫރީ ޕާޓީގެ ނާއިބް ރައީސް އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.

އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުންފަދަ ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށައެޅައްވާފައިވަ ބިލާއި ގުޅިގެން ގިނަ ރައްޔިތުންތަކެއް ކަންބޮޑުވުން ފާޅު ކުރަމުންދާ މިދަޑިވަޅުގައި އަމީން ވިދާޅުވީ ފިތުނައަކުން ސަލާމްތަވުމަށް އެއަށްވުރެ ބޮޑު ފިތުނައަކަށް ޖާގަދީގެން ނުވާނެކަމަށެވެ. މުސްލިމަކަށް އެކަށީގެންނުވާ ނަންދީ ގޮވާ ހެދުމަކީ ގޯސްކަމަކަށްވާއިރު، އެކަން ހުއްޓުވުމަށް މުޅި މުޖުތަމައުގެ މަސްލަހަތު ގެއްލޭ ގޮތަށް އަމަލު ކުރުމަކީ ކޮށްގެންވާނެ ކަމެއްނޫންކަމަށް އަމީން ވިދާޅުވިއެވެ.

ފިތުނައަކުން ސަލާމަތްވާން މާބޮޑު ފިތުނައެއްގެ ތެރެއަށް ބަޔަކު ވައްޓާލުމަކީ ބުއްދިވެރިއަކު ކުރާނެ ކަމެއް ނޫން. މުސްލިމުންނަށް ނޭކަށޭނަ ނަންދިނުމަކީ ގޯހެއް. އެކަން ހުއްޓުވާށޭ ބުނެ ދީނަށް ފުރައްސާރަކޮށް ދީނީ ޢަގީދާ ބަލިކަށިކުރަން ދޮރުހުޅުވުމަކީ އަދިމާބޮޑު ގޯހެއް. ނުނިވޭނެ އަލިފާނެއް.

– އަމީން ވިދާޅުވިއެވެ.

މި ބިލާއިދެކޮޅަށް މިހާތަނަށް ގިނަ އަދަދެއްގެ ކައުންސިލްތަކުން ބަޔާން ނެރެމުންދައިރު، ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިންވެސް ދަނީ މިބިލާ ދެކޮޅަށް ޝުއޫރު ފާލުކުރުމުންނެވެ. މިބިލަށް ޚިޔާލު ހޯދުމަށް ނިންމާފައިވަނީ އިސްލާމިކް މިނިސްޓްރީ އާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ލަފާ ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

ގިނަ އާންމު ރައްޔިތުންނާއި، ކޯލިޝަންގައި ހިމެނޭ ޕާޓީތަކާއި، ދީނީ އިލްމުވެރިންގެ ބޮޑު ކަންބޮޑުވުންތަކެއް މިބިލާއިމެދު އޮތްނަމަވެސް ކޮމިޓީން އެކަމަށް އެއްވެސް ވަރަކަށް އިޝާރާތް ކުރައްވާފައި ނުވެއެވެ. އަދި މިކަމުގައި ރާއްޖޭގެ ދީނީ އިލްމުވެރިންގެ މަޝްވަރާ ހޯދުމަށްވެސް ނިންމާފައި ނުވެއެެ. ބިލަށް ކޮމެންޓް ހޯދާނެ ފަރާތްތައް ކަނޑައެޅުމާއެކު ބިލުގެ މަސަައްކަތް ކޮމިޓީން ނިންމާނެ ތާރީހަކީ މި މަހުގެ 23 ވަނަ ދުވަސް ކަމަށް ވެސް ވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.