ގަތަރުގެ ކުރީގެ އަމީރުގެ ޖަނާޒާއަށް ރައީސް މުއިއްޒު ފުރާވަޑައިގެންފި

ގަތަރުގެ ކުރީގެ އަމީރުގެ ޖަނާޒާއަށް ރައީސް މުއިއްޒު ފުރާވަޑައިގެންފި

Author
އަހުމަދު
13 ޖުލައި 2026 04:34
0

ޤަޠަރުގެ ކުރީގެ އަމީރު، ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމާ ގުޅިގެން، އެ މަނިކުފާނަށް އިޙްތިރާމް އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޤަޠަރަށް ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ، މި ދަތުރުފުޅަކީ ޤަޠަރުގެ ކުރީގެ އަމީރު އިއްޔެ އަވަހާރަވުމާ ގުޅިގެން، އެ ޤައުމުގެ މިހާރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީ އަށާއި ޝާހީ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވުމަށާއި، އެ ބޭފުޅުންގެ ހިތާމައިގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށެވެ.

ޝައިޚް ޙަމަދު އަވަހާރަވުމުގެ ހިތާމައިގައި ޝާހީ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވުމަށް ދުނިޔޭގެ އެހެން ބައެއް ޤައުމުތަކުގެ ވެރިން ވެސް ޤަޠަރަށް ވަޑައިގަންނަވަމުން އެބަގެންދަވަ އެވެ.

ޝައިޚް ޙަމަދު ބިން ޚަލީފާ އަކީ ޒަމާނީ ޤަޠަރު ބިނާކުރެއްވުމުގެ އެންމެ މުހިންމު އެއް މޭސްތިރިޔާ އެވެ. 1995 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާ ހަމައަށް، 18 އަހަރު ދުވަހުގެ މުއްދަތެއްގައި އެ ޤައުމުގެ ވެރިކަން ކުރެއްވި ޝައިޚް ޙަމަދު ވަނީ، ޤަޠަރު ދުނިޔޭގެ ޚަރީޠާގައި ފާހަގަކޮށްލެވޭ ވަރުގަދަ ޤައުމަކަށް ބަދަލުކުރެއްވުމުގައި މުހިންމު ދައުރެއް އަދާކުރައްވައިފަ އެވެ. އެ މަނިކުފާނުގެ ވެރިކަމުގައި، ޤަޠަރުގެ ތެލާއި ގޭހުގެ ސިނާޢަތް ފުޅާކުރައްވައި، ތަޢުލީމީ އަދި ޘަޤާފީ ދާއިރާއަށް ބޮޑެތި ކުރިއެރުންތައް ގެންނަވައި، ބައިނަލްއަޤްވާމީ މައިދާނުގައި ޤަޠަރުގެ ނަން ވިދުވައިލެއްވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.