ރައްޔިތުން އެދޭނަމަ 2023ގައި ރައީސްކަމަށް ވާދަކުރާނަން: ސިޔާމް

ރައްޔިތުން އެދޭނަމަ 2023ގައި ރައީސްކަމަށް ވާދަކުރާނަން: ސިޔާމް

Author
މުޙައްމަދު ޝަޒައިމް
21 ޖޫން 2021 08:59
0

ރައްޔިތުން އެދޭކަމުގައިވާނަމަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމުގައި އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް ވިދާޅުވެއްޖެއެވެ.

ސީއެންއެމްގެ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން ސިޔާމް ވިދާޅުވީ ރިޔާސީ ރޭހުގައި ވާދަކުރުމުގެ ވިސްނުމެއް އަދި ނުގެންގުޅުއްވާކަމަށެވެ. ނަމަވެސް ރައްޔިތުން ެއެދޭކަމުގައިވާނަމަ އެކަމަށް ތައްޔާރަށް ހުންނެވިކަމަށެވެ. ޝިޔާމް ވިދާޅުވީ އޭނާ ރިޔާސީ ކެނޑިޑޭޓެއްގެ ރަނިންމޭޓަކަށް ނުވާނެކަމަށެވެ.

ސިޔާމް ވިދާޅުވީ އޭނާއަކީ ވަރަށް މިނިވަންކަންކޮށް މިހާތަނަށްވެސް މަސައްކަތް ކުރައްވަމުންދާ ބޭފުޅަކަށްވާއިރު، އެއްވެސް ސަރުކާރެއްގައި ވަޒީރުކަން ނުވަތަ ސިޔާސީ މަޤާމަޤަކަށް އައުމުގެ އެއްވެސް ޝައުގު ވެރިކަމެއް ނެތްކަމަށް ސިޔާމް ވިދާޅުވިއެވެ. އެއީ އެއޭނާއަކީ އެއްވެސް މީހެއްގެ ދަށުން މަސައްކަތް ކުރުމުގެ އެއްވެސް ޝައުގުވެރިކަމެއް ހުރި މީހެއް ނޫންކަމަށްވެސް ސިޔާމް ވިދާޅިއެވެ.

ސިޔާމް ވިދާޅުވީ ކުރިން ރައީސް ޔާމީނާ ދެބޭފުޅުން އެކުގައި ކުރެއްވި މަސަައްކަތް ހުއްޓާލައްވަން ޖެހިވަޑައިގެންނެވީ 2018 ވަނަ އަހަރާ ހިސާބަށް ދިޔައިރު ސިޔާމް ލީޑަރުކަން ކުރައްވާ ޕާޓީއާ ޕީޕީއެމް އާ ޖެހުނު މައްސަލައަކާ ގުޅިގެން ކަމަށެވެ. ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެއްވެސް އެހެން ޕާޓީއަކާ އެކުވެސް ކުރިއަށް ދާން އެމްޑީއޭ ކައުންސިލުން އެއްބަސްނުވި ކަން ފާހަގަކުރައްވައި ސިޔާމް ވިދާޅުވީ މިހާރު އޮތް އެމްޑީޕީގެ ސަރުކާރުންގެ 25 އިންސައްތަ ހިއްސާ އެމްޑީއޭއަށް ހުށައެޅި ކަމަށެވެ. ނަމަވެސް ސަރުކާރުގައި ހިއްސާވާން ހުށަހެޅި ހުށަހެޅުން ގަބޫލުކުރައްވާފައި ނުވާނެ ކަމަށް ސިޔާމް ވިދާޅުވިއެވެ.

މިސަރުކާރުގެ މިސްރާބު ދާގޮތާއި ގުޅޭގޮތުން ސިޔާމް ވިދާޅުވީ އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ހަމަނުޖެހުންތަކާއި ގުޅިގެން އެމްޑީޕީ ދެބައިވާންޖެހިއްޖެނަމަ ހުންނަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއެކު ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހުސޭނު
ކަލޯ ލާރިއޮތަސް ވެރިކަމެއް ނުކުރެވޭނެ.