ހަމާސްގެ ލީޑަރު އިސްމާއިލް ހާނިޔާ މޮރޮކޯއަށް ވަޑައިގެންފި

ހަމާސްގެ ލީޑަރު އިސްމާއިލް ހާނިޔާ މޮރޮކޯއަށް ވަޑައިގެންފި

Author
ހުސެއިން
19 ޖޫން 2021 07:52
0

މޮރޮކޯއިން ދާދިފަހުން އިސްރާއީލާއެކު ސުލްހަ ގާއިމް ކޮށްފައިވި ނަމަވެސް، ހަމާސްގެ ލީޑަރު އިސްމާއިލް ހާނިޔާ، މިހާރު މޮރޮކޯއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މޮރޮކޯގެ އެންމެ ބޮޑު އިދިކޮޅު ޕާޓީއާއި ބައްދަލުކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

އިސްމާއިލް ހަނިޔާ މޮރޮކޯއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ، ފަަލަސްތީނުގެ މިނިވަންކަމަށް ކުރަމުންދަ މަސައްކަތްތަކަށް ތާއީދު ހޯދުމުގެ ގޮތުން ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.

ފާއިތުވެދިޔަ ހަފްތާގެ އަންގާރަދުވަހު، މޮރޮކޯއަށް ވަޑައިގެންނެވި ހާނިޔާ ވަނީ، މޮރޮކޯގެ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑޫ ޕާޓީ ކަމުގައިވާ އިސްލާމިސްޓް PJD ޕާޓީއާއިވެސް ބައްދަލު ކުރައްވާފައެވެ. އަދި މި ދަތުރުފުޅުގައި އޭނާ، މޮޮރޮކޯގެއް އެހެނިހެން ޕާޓީތަކާވެސް ބައްދަލު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އިސްމާއިލާ ހާނިޔާ މޮރޮކޯއަށް ޒިޔާރައް ކުރައްވަމުން ގެންދަވާއިރު، ފައިތުވެދިޔަ އަހަރުގެ ދިސެމްބަރުމަހު، މޮރޮކޯގެ ރަސްގެފާނު މުހައްމަދި VI ވަނީ، އެމެރިކާއާ އެކީ ހެދި އެއްބަސްވުމެއްގެ ދަށުން، އިސްރާއީލާއެކީ އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމަށް އެއްބަސްވެފައެވެ. މި އެއްބަސްވުމުގައި ވާގޮތުން، އިސްރާއިލާ ގުޅުން ބަދަހި ކުރުމުގެ ބަދަލެއްގެ ގޮތުން، އެމެރިކާއިން، ވެސްޓަރން ސަހާރާއަކީ މޮރޮކޯގެ ބައެއްގެ ގޮތުގައި ބަލައިގަތުމަށް ވަނީ ނިންމާފައެވެ.

އިސްމާއިލް ހާނިޔާ މިދަތުރުފުޅު މޮރޮކޯގައި ބެލެވިފައިވަނީ، އިސްރާއީލާއި ފަލަސްތިނާ ދެމެދު އެގައުމުން ގެންގުޅޭ ހަމަހަމަ ކަމުގެ ސިޔާސަތު ރަމްޒު ކޮށްދޭ ދަތުރުފުޅެއްގެ ގޮތުގައެވެ. އަދި މޮރޮކޯއިން އިސްމާއީލާ ގުޅުން ބަދަހި ކުރި ކަމުގައިވި ނަމަވެސް، އެގައުމުން ފަލަސްތީނުގެ މިނިވަންކަމަށް ތާއީދުކުރާކަން ހާމަކޮށްދޭ ދަތުރުފުޅެއްގެ ގޮތުގައިވެސް މެއެވެ.

ފާއިތުވެދިޔަ ހަފްތާގެ އަންގާރަދުވަހު، މޮރޮކޯގެ ރަސްގެފާނުވަނީ، އިސްރާއީލުގެ އާ ބޮޑުވަޒީރަށް ތަހުނިޔާ ވިދާޅުވެފައެވެ. އަދި ރަސްގެފާނަކީ، ފަލަސްތީނާ އިސްރާއީލު ދެ ދައުލަތެއްގެ ގޮތުގައި އޮތުމަށް ތާއީދު ކުރައްވާ ބެފުޅޭކެވެ. އަދި ފަލަސްތީނުގެ މިނިވަން ދައުލަތެއްގެ ވެރިރަށަކީ، އިރުމަތީ ގުދުސްގެ ގޮތުގައި އޮތުމަށްވެސް ރަސްގެފާނު ތާޢީދު ކުރައްވައެވެ. މޮރޮކޯގައި ދައުލަތުގެ ކަންކަމުގައި އެންމެ ފަހުބަސް ބުނާ ފަރާތަކީ ރަސްގެފާނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.