މާލޭގައި މިއަދު ހެނދުނުން ފެށިގެން ކަރަންޓް ޚިދުމަތަށް ބުރޫއަރާފައިވާއިރު އަދިވެސް ބައެއް ސަރަހައްދުތަކަށް ކަރަންޓް ނުލިބެއެވެ.
ސްޓެލްކޯއިން ބުނީ ކަރަންޓް ޑިސްޓްރިބިއުޝަން ނެޓްވޯކަށް ދިމާވި މައްސަލައާއި ގުޅިގެން މާލޭގެ ބޮޑުބަޔަކުން ކަރަންޓް ކެނޑުނުނަމަވެސް މިހާރު އެމައްސަލަ ޙައްލުކޮށް ބޮޑުބަޔަކަށް ކަރަންޓުގެ ޚިދުމަތް މިހާރު ދީފައިވާކަމަށެވެ. އަދި ކުރިއަށް އޮތް ބައި ގަޑިއިރެއްހާއިރުގެ ތެރޭގައި ކަރަންޓްގެ ޚިދުމަތް ނުދެވި ހުރި ސަރަޙައްދުތަކަށް ކަރަންޓް ދެވޭނެކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.
މިހާތަނަށް ދިމާވި މައްސަލައިގެ %80 ހައްލުކޮށްފައިވާކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ. މިހާރު މާލޭގެ ބޮޑުބަޔަކަށް ކަރަންޓްގެ ޚިދުމަތް ދީފައިވާއިރު އަދިވެސް ދޭތެރެދޭތެރެއިން ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑެއެވެ.
ޑިސްަޓްރިބިއުަޝަން ނެޓްވޯކަށް ދިމާވި މައްސަލަ ހައްލުކޮށް މާލޭގެ ބޮޑުބަޔަކަށް މިހާރު ވަނީ ކަރަންޓުދެވިފައި. އުމްމީދަކީ ކުރިޔަށް އޮތް ބައިގަޑިއިރުތެރޭ ކަރަންޓު ނުދެވިހުރި ސަރަހައްދުތަކަށް ކަރަންޓު ދެވިގެން ދިއުން. ދިމާވި ދަތިތަކަށް އެންމެހާ ކަސްޓަމަރުންގެ ކިބައިން މާފަށް އެދެން.
— STELCO (@STELCOMALDIVES) October 23, 2020
ކަރަންޓް ކެނޑި އެތައް ގަޑި އިރެއްވެފައިވާއިރު، އެކަމުގެ ސަބަބުން ބޮޑެތި ދަތިތަކައި ޢާންމު ރައްޔިތުންނާއި ވިޔަފާރިތަކަށް ވަނީ ކުރިމަތިލަންޖެހިފައެވެ. އަދި ދިރާގާއި އުރީދޫގެ ނެޓްވޯކަށްވެސް ވަނީ ބުރޫއަރާފައެވެ.
ކޮމެންޓު ފޮނުވާ