ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވުމަށް މަސައްކަތްކުރި މީހަކު އިމިގްރޭޝަނުން ހިފަހައްޓައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވުމަށް މަސައްކަތްކުރި 30 އަހަރުގެ ފިރިހެނަކު ހުއްޓުވާފައިވާކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.
ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވުމަށް މަސައްކަތްކުރި 30 އަހަރުގެ ފިރިހެނަކު ހުއްޓުވައިފި.#MaldivesBorderSecurity pic.twitter.com/ij9sLqSTZL
— Maldives Immigration (@ImmigrationMV) June 12, 2021
ސިފަ ވައްތަރު ފޮޓޯ ބޭނުންކޮށްގެންނާއި، އަދި ޕާސްޕޯޓް ނަކަލުކޮށް މަޢުލޫމާތު އޮޅުވާލައިގެންވެސް ގިނަ ބަޔަކު ރާއްޖެ އެތެރެވާން މަސައްކަތްކުރެއެވެ. މީގެ ކުރިންވެސް މިގޮތަށް ޝަހުސު އޮޅުވާލައިގެން ރާއްޖެއަށް ވަންނަން އުޅުނު ގިނަބަޔަކު އިމިގްރޭޝަނުން ހިފަހައްޓާފައިވެއެވެ. މިގޮތަށް ގަވައިދާ ޚިލާފަށް އެތެރެވާ މީހުން އިމިގްރޭޝަނުން ދަނީ އަނބުރާ ޤައުމަށް ފޮނުވަމުންނެވެ.
ރާއްޖެ އެތެރެވާ މީހުންގެ މަޢުލޫމާތު ރައްކާކުރުމާއި، މަޢުލޫމާތުގެ ސައްޚަކަން ދެނެގަތުމަށް ރާއްޖޭގެ ބޯޑަރ ކޮންޓްރޯލް ނިޒާމުވެސް ވަނީ ވަރުގަދަކޮށްފައެވެ.
ކޮމެންޓު ފޮނުވާ