ދެކުނު އެފްރިކާގެ އަންހެނަކު، އެއްފަހަރާ 10 ކުދިން ވިހާ، ދުނިޔޭގެ ރެކޯޑު މުގުރާލައިފިއެވެ. އޭނާ މި ރެކޯޑް މުގުރާލާފައިވަނީ، އެއްފަހަރާ 9 ކުދިން ވިހެއި އަންހެނަކު، ފާއިރުތުވެދިޔަ މަހު، އެއްފަހަރާ އެންމެ ގިނަ ކުދިން އެއްފަހަރާ ވިހެއުމުގެ ރެކޯޑު ފާއިތުވެދިޔަ މަހު ގާއިމް ކޮށްފައި ވަނިކޮށެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، އުމުރުން 37 އަހަރުގެ ގޮސިއާމެ ތަމަރާ ސިތޯލެ އަކީ އުމުރުން 6 އަހަރުގެ އެއްމާބަޑު ދެކުދިންގެ މަންމައެކެވެ. އަދި އޭނާ ވިހާނެކަމަށް އެންމެ ފުރަތަމަ ބެލެވިފައި އޮތީ 8 ކުދިންނެވެ. 8 ކުދިންވެސް އެއްފަހަރާ ދުނިޔެެއިން ވިހާފައިވަނީ ވަރަށް މަދުންނެވެ.
އެހެންނަމަވެސް، ގިނަބަޔަކަށް ހައިރާންކަމެއް ލިއްބައިދިނީ ވިހެއި އިރު، ސިތޯލެ 10 ކުދިން ވިހެއުމުންނެވެ.
ސިތޯލޭގެ ފިރިމީހާ ކުރިން ބުނެފައިވަނީ، ސިތޯލޭ ބަލިވެ އިންދެ ހެދި ސްކޭންތަކުން، ބަޑުގައި 8 ކުދިން އޮތްކަން އެގުމުން ދެމެފަރިންވެސް ތިބީ ވަރަށް އުފަލުންކަމުގައެވެ.

"ލިބުނީ 7 ފިރިހެން ކުދިންނާއި 3 އަންހެން ކުދިން،" ސިތޯލޭގެ ފިރިމީހާ ޓެބޮހޯ ސޮޓެޓްސީ ރިޕޯޓަރުންނާ ވާހަކަދައްކަމުން ބުނެފައިވަނީ "އަންހެނުން ވިހެއީ 7 މަހާއި 7 ދުވަހުން" ކަމަށެވެ.
"އަހަރެން މިހުރީ ވަރަށް އުފަލުން، އަދި ވަރަށް ޖަޒްބާތުގަ. މިވަގުތު އެހާ ގިނަ ވާހަކަ ނުދެއްކޭނެ. މާދަމާ ހެނދުނު ވާހަކަ ދައްކާނީ،" އުފަލުން ފޮޅިފައިހުރި ސޮޓެޓްސީ މީޑިއާތަކާއި ވާހަކަ ދައްކަމުން ބުނެފައި ވެއެވެ.
ދެކުނު އެފްރިކާގެ ބައެއް ވެބްސައިޓްތަކުން ސިތޯލޭއާއި ހަވާލާދީ ރިޕޯޓު ކޮށްފައިވަނީ، އޭނާގެ ބަޑުގައި ކުރިން 8 ކުދިން އޮތްކަމަށް ދައްކާފައިވަނީ 10 ކުދިންގެ ތެރެއިން 2 ކުދިން އޮންނަންޖެހޭ ދިމާ ނޫން އެހެން ދިމާލެއްގައި އޮތުމުގެ ސަބަބުންނެވެ.
ދެކުނުރު އެފްރިކާގެ ގުއަންޓެންއަށް ނިސްބަތްވާ ސިތޯލޭ ބުނެފައިވަނީ އޭނާ ބަލިވެ އިނދެފައިވަނީ އެއްވެސް ވަރަކަށް ޕްލޭން ކޮންގެން ނޫންކަމުގައެވެ. އަދި އޭނާ ރީޕްރޮޑަކްޓިވް އެއްވެސް ފަރުވާއެއްވެސް ހޯދާފައިވެސް ނުވާ ކަމަށެވެ.
ފާއިތުވެދިޔަ މޭމަހު، މޮރޮކޯގެ އަންހެނަކު ކަމުގައިވާ މަލިއަން ހަލީމާ ސިސޭ ވަނީ އެއްފަހާ 9 ކުދިން ވިހާ ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދާފައެވެ.
ނިއުޔޯކު ޕޯސްޓުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ޖީނެސް ވާރލްޑް ރެކޯޑުގެ މަންދޫބަކު މުހާރުދަނީ، ސިތޯލޭގެ 10 ކުދިން އެއްފަހަރާ ވިހޭ ހަބަރު ދިރާސާ ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ