2005ވަނަ އަހަރުގެ ނިއުކުލިއަރ އެއްބަސްވުމައި އަލުން އެމެރިކާއިން ގުޅުނު ކަމުގައިވި ނަމަވެސް، އެގައުމުން އިރާނާ ދެކޮޅަށް އަޅާފއިވާ އެތައް ސަތޭކަ ދަތިކުރުމުގެ ފިޔަވަޅުތަކެއް ދެމި އޮންނާނެކަމަށް އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަން ވިދާޅު ވެއްޖެއެވެ.
ޖޮއިންޓް ކޮމްޕްރިހެންސިވް ޕްލޭން އޮފް އެކްޝަން (JCPOA)ގެ ނަމުން ނަންދެވިފައި، 2005ގެ ނިއުކުލިއަރ އެއްބަސްވުމުން، އެމެރިކާ ބޭރުވުމަށް އެގައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވި ނިންމުން އަބުރާ އިއާދަކޮށް، އެމެރިކާ އަލުން މިއެއްބަސްވުމުގައި ބައިވެރި ވުމަށްޓަކާ، މި އެއްބަސްވުމުގެ ބައިވެރިންގެ މެދުގައި ވިއެނާގައި ދަނީ ސީދާ ވާހަކަދެއްކުންތައް ކުރިޔަށް ގެންދަމުންނެވެ.
"އަހަރެން ފާހަގަ ކޮށްލަން ބޭނުންވަނީ، ޖޭސީޕީއޯއޭ އެއްބަސްވުމަށް އަބުރާ އިޢާދަވާން ނިންމިޔަސްވެސް، އިރާނާ ދެކޮޅަށް އަޅާފައިވާ އެތައް ސެތޭކަ ފިޔަވަޅުތަކެއް، ޓްރަމްޕްގެ ވެރިކަމުގައި އަޅާފައިވާފިޔަވަޅުތައްވެސް ހިމެނޭގޮތުން، ދަމައްޓާނެ،" އެމެރިކާގެ ސެނެޓްގައި އޮތް އަޑުއެހުމެއްގައި ބްލިންކަން ވިދާޅުވެފައި ވެއެވެ.
"ޖޭސީޕީއޯއޭ އާއި އެއްގޮތަށް އެމީހުން އަމަލު ނުކުރަންޏާ، އެމީހުގެ ސިޔާސަތުތައް ބަދަލު ކުރަންދެން ފިޔަވަޅުތައް މިހާރުވެސް އޮތް ގޮތަށް ދެމި އޮންނާނެ،" ބްލިންކަން ވިދާޅުވިއެވެ.
ޔޫރަޕްގެ ޑިޕްލޮމޭޓުންގެ އިސްނެގުމުގެ މަތިން، މިހާރު ވިއެނާގައި ކުރިޔަށްދަ ވާހަކަތައް ހުއްޓުމަކަށް އައިސްފައިވަނީ، އެންމެ ފުރަތަމަ ލުއިދޭނީ ކޮންފިޔަވަޅުތަކަކަމާމެދު އުފެދިފައިވާ ޚިޔާލުތަފާތުވުން ތަކާއެކުއެވެ.
އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑްންގެ ސަރުކަރުންވަނީ، ޓްރަމްޕްގެ ސަރުކާރުން ޖޭސިޕީއޯއޭއާއި ވަކިވުމާއިއެކު އިރާނުން އަމަލު ކުރުން ހުއްޓާލާފައިވާ އެއްބަސްވުމަށް އަބުރާ އިއާދަވެއްޖެނަމަ، އޭރުގެ ސަރުކާރުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނައްތާލުމަށް އެއްބްސްވެފައެވެ. މީގެތެރޭގައި، އިރާނުން ތެޔޮ އެކްސްޕޯޓު ކުރުންވެސް ހިމެނެއެވެ.
މިގޮތުން، އެމެރިކާއިން އަޅާފައިވާ ހުރިހާ ފިޔަވަޅުތަކެއް އުވާލުމަށް އިރާނުން ބޭނުންވާއިރު، އެމެރިކާއިން ބޭނުންވަނީ، ނިއުކުލިއަރ އެއްބަސްވުމާއި ގުޅުން ނެތް ދަތިކުރުމުގެ ފިޔަވަޅުތައް ދަމަހައްޓާށެވެ. މީގެތެރޭގައި، އިރާނުގެ އިންސާނީ ހައްގުތަކާއި ގުޅުން ހުރި ފިޔަވަޅުތަކާއި. އެގައުމުން ޓެރަރިޒަމަށް ހިތްވަރުދޭކަމަށް އެމެރިކައިން ދެކޭތީ އަޅާފައިވާ ފިޔަވަޅުތައްވެސް ހިމެނެއެވެ.
ކޮމެންޓު ފޮނުވާ