ރޮއިޓާސްއިން، މި ހަފްތާގެ އާދީއްތަ ދުވަހު އާންމު ކޮށްފައިވާ، އައިސިސްއާއި ގުޅުންހުރި ހަގުރާމަވެރި ޖަމާއަތެއް ކަމުގައިވާ، އައިސިސް ވެސްޓް އެފްރިކަން ޕްރޮވިންސް (ISWAP) މިލިޓަންޓް ގުރޫޕުގެ އޯޑިއޯއެއްގައި، އެގުރޫޕްގެ ވާދަވެރި ހަގުރާމަވެރި ޖަމާއަތްކަމުގައިވާ ބޮކޯ ހަރާމްގެ ލީޑަރު އަބޫބަކުރު ޝެކާއު މަރުވެފެފައިވާ ކަމަށް ބުނެފިއެވެ.
ޝެކާއު މަރުވެފައިވަނީ ފާއިތުވެދިޔަ މޭމަހުގެ 18ވަނަ ދުވަހު، ކުރިޔަށް ދިޔަ ހަމަލާ ބަދަލުކުރުންތަކަކަށްފަހު، ISWAގެ ހަނގުރަމަވެރިން އޭނާ ވަށާލުމުން، ހަށިގަޑުގައި ހަރުކޮށްފައި ހުރި ގޮވާތަކެތި އަމިއްލައަށް ގޮއްވާލައިގެން ކަމަށް، ރޮއިޓާސްއިން އާންމު ކޮށްފައިވާ އޯޑިއޯގައި ވާހަކަ ދެއްކި، ISWAPގެ ލީދަރުކަމަށް ބުނާ އަބޫ މުސްއަބު އަލް-ބަރުނާވި ބުނެފައި ވެއެވެ.
"ކަލާގެ އޭނާއަށް ސުވަރުގެ ދެއްވައިގެން، އޭނާގެ މައްޗަށް އިންސާފު ގާއިމް ކޮށްފި،" މި އޯޑިއޯގައި ވާހަކަ ދައްކާ މީހާ ބުނާ އަޑު އިވެއެވެ.
އަލް-ބަރުނާވިގެ ގާތް ދެމީހަކާ ހަވާލާދީ، ރޮއިޓާސްއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، މި އޯޑިއޯގައި ވާހަކަ ދައްކާފައިވަނީ ISWA ހަގުރާމަވެރި ޖަމާއަތުގެ އެންމެ އިސްފަރާތުންނެވެ.
ކޮމެންޓު ފޮނުވާ