ޓީއެމްއޭގެ ބޯޓެއް އެކްސިޑެންޓްވެއްޖެ

ޓީއެމްއޭގެ ބޯޓެއް އެކްސިޑެންޓްވެއްޖެ

Author
މުޙައްމަދު ޖިމީ
22 އޮކްޓޯބަރ 2020 04:06
0

ޓްރާންސް މޯލްޑިވްސް އެއަރވޭސް (ޓީއެމްއޭ)ގެ އެއަރޓެކްސީއެއް އެކްސިޑެންޓްވެއްޖެއެވެ. މިބޯޓު އެކްސިޑެންޓްވެފައިވަނީ މ.އަތޮޅު މެދުފުށީ ރިސޯޓްކައިރިން ވޯޓާ އޭރޯޑްރޯމްގެ ވޯޓާ ރަންވޭއަށް ޖެއްސުމަށްފަހު، ރިސޯޓްގެ ފަޅުގައި އަޅާފައިވާ އެހެން އުޅަނދެއްގައި ބޯޓުގެ ވާތް ފަރާތު ފިޔަގަނޑު ޖެހިގެންކަމަށެވެ.

މި އެކްސިޑެންޓް ހިނގިއިރު 14 ފަސިންޖަރުން ތިބިނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. ނަމަވެސް ބޯޓަށް ކޮންމެސްވަރެއްގެ ގެއްލުންތަކެއް ލިބިފައިވެއެވެ. އެކްސިޑޭންޓް ހިނގާފައިވަނީ ޓީއެމްއޭގެ ޑީއެޗްސީ-6 މަރުކާގެ މަތިންދާ ބޯޓެކެވެ.

މިއަދު ހެނދުނު 11:18 ހާއިރު ހިނގި މިހާދިސާ ސިވިލްއޭވިއޭޝަނުން ތަޙްގީގްކުރަމުން އަންނަކަމަށް އެއޮތޯރިޓީން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.