ހައްޔަރުކޮށްފައިވާ ބެލަރޫސްގެ އިދިކޮޅު އެކްޓިވިސް ދައުލަތުގެ ޓީވީގައި ކުށަށް އިއުތިރާފް ވެއްޖެ

ހައްޔަރުކޮށްފައިވާ ބެލަރޫސްގެ އިދިކޮޅު އެކްޓިވިސް ދައުލަތުގެ ޓީވީގައި ކުށަށް އިއުތިރާފް ވެއްޖެ

Author
ހުސެއިން
04 ޖޫން 2021 06:41
0

ރިޔާން އެއަރެގެ ފްލައިޓެއް އުދުހެމުން ދަނިކޮށް، އަބުރާ ބެލްރޫސްގެ ވެރިރަށް މިންސްކަށް ގެނެސް، އެ ފްލައިޓުން ހައްޔަރު ކުރި ބެލަރޫސްގެ އިދިކޮޅު އެކްޓިވިސްޓް ރޯމަން ޕްރޮޓަސެވިކް، އެގައުމުގެ ދައުލަތުގެ މީޑިއާގައި ކުށަށް އިއުތިރާފްވެ، ބެލަރޫސްގެ ރައީސް އެލެގްޒެންޑްރާ ލުކަޝަންކޯއަށް ތައުރީފު ކޮށްފިއެވެ.

ފާއިތުވެދިޔަ މަހު، ރިޔާން ފްލައިޓުގައި ޕްރޮޓަސެވިކް ގްރީސްއިން ލިތުއޭނިއާއަށް ދަތުރު ކުރަމުން ދަނިކޮށް އޭނާ ހައްޔަރު ކޮށްފައިވަނީ، ބެލަރޫސްގެ ފައިޓް ޖެޓުތަކުން އެ ފްލައިޓަށް ހުރަސްއަޅާ، ފްލައިޓުގައި ބޮމެއް އޮތް ކަމަށް ފްލައިޓުގެ ޕައިލެޓަށް މައުލޫމާތު ދިނުމާއިގުޅިގެން، ފައިޓަރ ޖެޓެއްގެ އެހީގައި، ދަތުރުގެ މިސްރާބު ކުއްލިއަކަށް ބަދަލުކޮށް، ބެލްރޫސްގެ ވެރިރަށް މިސްންސްގެ އެއަރޕޯޓުގައި ޖެއްސުމާއެކުއެވެ.

ހައްޔަރު ކުރިތާ 3 ހަފްތާފަހުން، ޕްރޮޓަސެވިކް، ދައުލަތުގެ މީޑިއާއަށް ދީފައިވާ އިންޓަވިއުގައި، އޭނާވަނީ ބެލަރޫސްގެ ދައުލަތާ ދެކޮޅަށް ބޮޑެތި އެއްވުންތައް ބޭއްވުމުގައި ހަރަކާތްތެރި ވިކަމަށް އިއުތިރާފް ވެފައެވެ. އަދި މި އިންޓަވިއުގައި އޭނާވަނީ، ބެލަރޫށްގެ ރައީސަށް ވަރަށްބޮޑަށް ތައުރީފް ކޮށް ވާހަކަވެސް ދައްކާފައެވެ.

ޕްރޮޓަސެވިކްގެ އާއިލާއިން ބުނެފައިވަނީ، އޭނާ މީޑިއާގައި ވާހަކަ ދައްކާފައިވަނީ، މަޖުބޫރީ ހާލަތެއްހައި ހުރެގެން ކަމުގައެވެ.

އުމުރުން 26 އަހަރުގެ ނޫސްވެރިއާއަކީ، ފާއިތުވެދިޔަ އަހަރާ ހަމައަށް ހިންގަމުންއައި، އިދިކޮޅު ޓެލެގްރާމް ޗެނަލެއް ކަމުގައިވާ، ނެކްސްޓާ ޗެނަލްގެ އެޑިޓަރވެސް މެއެވެ.

ބެލަރޫސްގެ ދައުލަތާ ދެކޮޅަށް ޓެރަރިސްޓު ހަމަލާތައް ހިންގާ މީހުންގެ ލިސްޓުގައި އޭނާގެ ނަން ހިމަނާފައިވަނީ ފާއިތުވެދިޔަ އަހަރުއެވެ.

2020ވަނަ އަހަރުގެ އޮގަސްޓުމަހުގެ 20 ވަނަ ދުވަހު ބެލަރޫސްގައި ބޭއްވުނު ރިޔާސީ އިންތިޚާބު، ދިގު ޒަމާންތަކެއް ވަންދެން އެގައުމުގައި ވެރިކަން ކުރަމުންދާ އެލެގްޒެންޑަރ ލުކަޝަންކޯ ކާމިޔާބު ކޮށްފައިވަނި، މަކަރު ހަދާ އޮޅުވާލައިގެން ކަމަށްބުނެ، އެއަށްފަހު އެގައުމުގެ އެތައް ހާސް ބަޔަކުވަނީ މަގުތަކަށް ނުކުމުގެ ސަރުކާރާ ދެކޮޅަށް މުޒާހިރާ ކޮށްފައެވެ. މި މުޒާހިރާތަށް ހުއްޓުވުމަށް ބެލަރޫސްއިންވަނީ، ބާރުގެ ބޭނުންކޮށް، އިދިކޮޅު އެތަކެއް އެކްޓިވިސްޓުންނެއް ހައްޔަރުވެސް ކޮށްފައެވެ.

އަދި އެއަށްފަހު، ބެލަރޫސްގެ އިދިކޮޅު ގިނަ ލީޑަރުން ދިރިއުޅެމުންދަނީ ގައުމުން ބޭރުގައެވެ.

ބެލަރޫސްގެ ދައުލަތުގެ ޓީވީން، މި ހަފްތާގެ ބުރާސްފަތި ދުވަހުގެ ހަވީރު ބްރޯޑްކާސްޓު ކޮށްފައިވާ މި އިންޓަވިއުގައި ޕްރޮޓަސެވިކްވަނީ އެގައުމުގެ ރައީސް ލުކަޝަންކޯގެ ވެރިކަން ބަދަލުކުރުމަށް މަސައްކަތް ކޮށްފައިވާކަމަށް އެއްބަސްވެފައެވެ. އަދި އޭނާ ބުނެފައިވަނީ ޓީވީއަށް އޭނާ އިންޓަވިއު ދީފައިވަނީ، އެއްވެސް މަޖުބޫރުކަމެއްނެތި އަމިއްލަ އިޚްތިޔާރުގައި ކަމަށެވެ.

އޭނާ ބުނެފައިވަނީ، މީގެކުރިން އޭނާ ބެލަރޫސްގެ ރައީސް ލުކަޝަންކޯއަށް ވަރަށް ބޮޑަށް ފާޑުކިޔަމުން އައިސްފައިވި ނަމަވެސް،، "ފަހަކަށް އައިސް ލުކަޝްންކޯ ކަންކުރަމުން އަންނަނީ ރަގަަޅަށްކަން އިހުސާސްވާން ފަށާފައިވާ ކަމަށާއި، އަދި ލުކަޝަންކޯއަށް ވަރަށް ބޮޑަށް އިހުތިރާމްވެސް ކުރާ"ކަމަށެވެ.

މި އިންޓަވިއު ނިންމާލަމުން، ޕްރޮޓަސެވިކްވަނީ، އޭނާ ކޮންމެވެސް ދުވަހަކުން ކައިވެނިކޮށް ދަރިއަކު ހޯދުމަށް ވަރަށް ބޮޑަށް އުއްމީދުކުރާކަމަށް ބުނެ، ކަރުނައަޅާ ރޮއިފައެވެ.

މި އިންޓަވިއުއަށްފަހު ޕްރޮޓަސެވިކްގެ ބައްޕަ އޭއެފްޕީ ނޫސް އޭޖެންސީއަށް ބުނެފައިވަނީ، މިއިންޓވިއު ފެނުމުން އޭނާއަށް ވަރަށް އަސަރު ކުރިކަމަށެވެ.

"އަހަރެން އަހަރެންގެ ދަރިފުޅު ވަރަށް ރަގަޅަށް ދަންނަން، އޭނާ އެގޮތަށް ވާހަކަ ނުދައްކާނެކަން އަހަރެންނަށް ވަރަށް ރަގަޅަށް އިގޭ، އެމީހުން އެވަނީ، އެމީހުން ބޭނުންވާ ވާހަކަތައް ދެއްކުން އޭނާއަށް މަޖުބޫރު ކޮށްފަ،" ޕްރޮޓަސެވިކްގެ ބައްޕަ ބުނެފައި ވެއެވެ.

މިހަފްތާގެ ބުރާސްފަތި ދުވަހުގެ އިންޓަރވިއުއަކީ، ހައްޔަރުކުރިފަހުން ޕްރޮޓަސެވިކް ދައުލަތުގެ ޓީވީން ފެނުނު 3 ވަނަ ފަހަރެވެ. މީގެތެރއިން އެއް އިންޓަރވިއުގައި، އިދިކޮޅު ފަރާތްތަކުން މަގުމަތީގައި ސަރުކާރާ ދެކޮޅަށް މުޒާހިރާ ކުރުމަކީ ބޭކާރު ކަމެއް ކަމުގައިެވސް އޭނާ ބުނެފައި ވެއެވެ.

ފާއިތުވި އަހަރުގެ އޮގްސްޓުކަމަހު ބޭއްވުނު ބެލަރޫސްގެ އާންމު އިންތިޚާބަސްފަހު، އުމުރުންމ 66 އަހަރުގެ އެލެގްޒެންޑާ ލުކަޝެންކޯ ވަނީ އިތުރު ދައުރަކަށް އިންތިޚާބު ވެވަޑައިގެންފައެވެ. އޭނާ ގެންދަވަނީ ބެލަރޫސްގައި 1994 ވަނައަަހަރުން ފެށިގެން ވެރިކަން ކުރައްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.