ޝިލްޕާ ދެދަރިންގެ ލޯބި ވީޑީއޯއެއް ހިއްސާކޮށްފި

ޝިލްޕާ ދެދަރިންގެ ލޯބި ވީޑީއޯއެއް ހިއްސާކޮށްފި

Author
ފާތިމަތު ނާވީ
27 މެއި 2021 12:20
0

ޝިލްޕާ ޝެއްޓީ ވަނީ އޭނާގެ ފިރިހެން ދަރިފުޅު ވިއާން އަދި އަންހެން ދަރިފުޅު ސަމީޝާ ފެންނަ ވީޑީއޯއެއް ހިއްސާކޮށްފަ އެވެ. ބޭބެއިންގެ ދުވަހުގެ މުނާސަބަތުގައި ހިއްސާކޮށްފައިވާ މި ވީޑިއޯއިން ފެނިގެންދަނީ މި ދެބެއިންގެ މެދުގައި އޮންނަ ގުޅުމެވެ.

މި ވީޑިއޯއިން ފެނިގެންދަނީ ވިއާން އާއި ސަމީޝާ ބަގީޗާގެ ތިބޭ ތަނެވެ. އަދި ވިއާން އޭނާ ބޯން އިން ކުރުނބާ އިން އޭނާގެ ކޮއްކޮއަށް ކުރުނބާ ފަނިފޮދެއް ދޭތަން ފެނިގެންދެއެވެ.

މިވީޑިއޯ ހިއްސާ ކުރަމުން ޝިލްޕާ ބުނެފައިވަނީ ކޮއްކޮއެއް ހުރުމަކީ ބޭބެ އިތުރަށް "ޕޮރޮޓެކްޓިވް" މީހަކަށް ހަދައިދޭ ކަމެއް ކަމަށެވެ. އަދި ބޮޑުވެގެން އައިއިރު އޭނާގެ ވެސް ރާކީ ބޭބެއިން ތިބިކަމަށާއި ސަމީޝާ އަސްލު ބޭބެ އެއް ހުރުމުން ވަރަށް ނަސީބު ގަދަ ކަމަަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.