މޭލޭޝިއާގައި ޓްރެއިން އެކްސިޑެންޓެއް ހިގާ 200އަށްވުރެ ގިނަ މީހުންނަށް އަނިޔާ ވެއްޖެ

މޭލޭޝިއާގައި ޓްރެއިން އެކްސިޑެންޓެއް ހިގާ 200އަށްވުރެ ގިނަ މީހުންނަށް އަނިޔާ ވެއްޖެ

Author
ހުސެއިން
24 މެއި 2021 10:40
0

މެލޭޝިއާގެ ކުއަރލާލަމްޕޫރުގެ، ޕެޓްރޮނާސް ޓުވިން ޓަވަރުގެ ކައިރީގައި ބިމު އަޑީގެ ޓަނަލެއްގައި، ދުވަމުން ދިޔަ ދެ ޓްރެއިންއެއް އެކްސިޑެންޓްވެ 200 އަށްވުރެ ގިނަ މީހުންނަށް އަނިޔާ ވެއްޖެއެވެ.

މި އެކްސިޑެންޓް ހިގާފައިވަނީ، މަރާމާތު ކުރުމުގެ މަސައްކަތަކަށްފަހު ރޭލު ދަގަޑުމަތިން ދުއްވާފަ ދިޔަ ޓްރެއިންއެއް، އަނެއްކޮޅުން، 213 ޕަސެންޖަރުންނާއެކު ދަތުރު ކުރަމުން އައި ޓްރެއިންއަކާ ކުރިމަތިން ދެ ރޭލު މުޑި އަރައިގެންނެވެ.

އެކްސިޑެންޓަށްފަހު ސޯޝަލް މީޑިއާގައި އާންމު ވެފައިވާ ފޮޓޯތަކަށް ބަލާއިރު، އެކްސިޑެންޓު ވުމަށްފަހު، ޓްރެއިންގެ އެތެރޭގައި އަނިޔާވެފައިވާ މީހުން ވެއްޓިފައިތިބި މަންޒަރުވަނީ ފެނިފައެވެ.

މެލޭޝިއާގެ ޑިސްޓްރިކްޓް ޕޮލިސް ޗީފް މުހައްމަދު ޒައިނަލް އަބުދުﷲ ވިދާޅުވެފައިވާ ގޮތުހައި މިހާދިސާގައި 47 މީހަކަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ. އަދި އިތުރު 166 މީހަކަށް އިތުރު ކުދިކުދި އަނިޔާތައް ވަނީ ލިބިފައެވެ.

މި އެކްސިޑެންޓް ހިގާފައިވަނީ، ޕެޓްރޮނާސް ޓަވަރުގެ ބޭރުގައި ހުންނަ ކޭއެލްސީސީ ސްޓޭޝަނާ 100 މީޓަރު ދުރުން މިބު އަޑީގެ ޓަނަލުގައެވެ.

"އަހަރުމެން އަދި މިދަނީ މިހާދިސާ ތަހުގީގު ކުރަމުން. އެހެންނަަވެސް، އަދި ބެލެވޭ ގޮތުގައި ހާދިސާ ހިގާފައިވަނީ، ޓްރެރިންތަކުގެ އޮޕަރޭޝަންސް ކޮންޓްރޯލް ސެންޓަރުން މުއާމަލާތު ކުރުމުގައި އޮޅުންތަކެއް އަރައިގެން ކަމަށް،" އަބުދުﷲ ވިދާޅުވެފައި ވެއެވެ.

މެލޭޝިއާގެ ބޮޑުވަޒީރު އޭނާގެ ފޭސްބުކް އެކައުންޓުގައި ވިދާޅުވެފައިވަނީ، މިއެކްސިޑެންޓަކީ ވަރަށް "ސީރިއަސް" އެކްސިޑެންޓެއް ކަމުގައެވެ.

މެލޭޝިއާގެ ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފައިވަނީ، މި އެކްސިޑެންޓް ތަހުގީގު ކުރުމަށް ޚާއްސަ ޓާސްކްފޯސްއެއް އުފައްދާނެ ކަމަށެވެ. އަދި ޓްރާންސްޕޯޓު މިނިސްޓަރު ވީ ކާ ސިއޮން ވިދާޅުވެފައިވާ ގޮތުގައި މިއީ މެލޭޝިއާގެ 23 އަހަރުވީ މެޓްރޯ ސިސްޓަމްގައި ހިގާފައިވާ ހަމައެކަނި ބޮޑު އެކްސިޑެންޓް ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.