އިރާނުން އަލަށް އުފެއްދި ދުރު ރާސްތާ ހަގުރާމަ މަތީ ޑްރޯންއަށް ގާޒާގެ ނަމުން ނަން ދީފި

އިރާނުން އަލަށް އުފެއްދި ދުރު ރާސްތާ ހަގުރާމަ މަތީ ޑްރޯންއަށް ގާޒާގެ ނަމުން ނަން ދީފި

Author
ހުސެއިން
22 މެއި 2021 03:45
0

އިރާޏުން އަލަށް އުފެއްދި، ދުރު ރާސްތާ ހަގުރާމަ މަތީ ޑްރޯންއަށް "ގާޒާ"ގެ ނަމުން ނަންދީފައިވާ ކަމަށް އިރާނުގެ ދައުލަތުގެ މީޑިއާއިން ހާމަ ކޮށްފިއެވެ.

އިރާނުން ހާމަ ކޮށްފައިވާ ގޮތުގައި، މި ޑްރޯންއަކީ 2,000 ކިލޯ މީޓަރު ދުރަށް އުދުހުމުގެ ގާބިލްކަން ލިބިފައިވާ ޑްރޯންއެކެވެ. މި ޑްރޯންއަށް "ގާޒާ"ގެ ނަމުން ނަން ދީފައިވަނީ ފަލަސްތީން ރައްޔިތުން އިސްރާއީލުގެ އިސްތިއުމާރާ ދެކޮޅަށް ކުރަމުންދާ ޖިހާދުގެ އަގު ވަޒަން ކުރުމުގެ ގޮތުން ކަމުގައިވެސް އިރާނުން ބުނެފައި ވެއެވެ.

އިރާނަކީ، މިސައިލް އަދި ޑްރޯންގެ ވަރަށް ވަރުގަދަ ޕްރޮގްރާމެއް ކުރިޔަށް ގެންދާ ގައުމެކެވެ. އިރާނުން މިސައިލް އަދި ޑްރޯން ޕްރޮގްރާމް ޕްރޮގްރާމަކީ އެމެރިކާއާއި އަދި އެނޫނަސް އިރާނާ ދެކޮޅުވެރި ގައުމަކާއެކީ ކުރަންޖެހިދާނެ ހަގުރާމައަކަށް ތައްޔާރުވެ އޮތުމުގެ ގޮތުން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.

ހުޅަގުގެ ގައުމުތަކުން ގަބޫލުކުރާ ގޮތުގައި، އިރާނުގެ މިސައިލް ޕްރޮގްރާމަކީ މެދިއިރުމަތީ ސުލްހައަށް ހުރި ނުރައްކަލެކެވެ. އަދި މި މިސައިލް ޕްރޮގްރާމްގެ މަގުސަދަކީ، އިރާނަށް ނިއުކުލިއަރ ހަތިޔާރު އުފެއްދިއްޖެނަމަ، މިފަދަ ހަތިޔާރުތަކުން ހަމަލާ ދިނުމަށް ތައްޔާރުވެ ތިބުން ކަމުގައިވެސް ހުޅަގުގެ ގައުމުތަކުން ގަބޫލު ކުރެއެވެ.

އެހެންނަމަވެސް، ނިއުކުލިއަރ ހަތިޔާރު އުފެއްދުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތްކަމަށް އިރާނުން ދަނީ ބުނަމުންނެވެ.

އިރާނުގެ ރިވޮލިއުޝަނަރީ ގާޑުން ބުނެފައިވަނީ، އަލަށް އުފެއްދި މި ޑްރޯންއަކީ، މެދުނުކެޑި 35 ގަޑިއިރު ވަންދެން އުދުހުމުގެ ގާބިލްކަން ލިބިފައިވާ ޑްރޯންއެކެވެ. އަދި 500 ގްރާމްގެ އިލެކްޓްރޯނިކް އާލާތްތަކާ، 13 ބޮން އުފުލުމުގެ ގާބިލަކަންވެސް މި ޑްރޯންއަށް ލިބިގެން ވެއެވެ.

އިރާނުގެ ރިވޮލިއުޝަނަރީ ގާޑުގެ އެންމެ އިސްވެރިޔާ ހުސެއިން ސަލާމި ވިދާޅުވި ގޮތުގައި މި ޑްރޯންއަށް ގާޒާގެ ނަން ދީފައިވަނީ، ޒަޔަނިސްޓުންގެ އަނިޔާވެރިކަމާ ދެކޮޅަށް ގާޒާގެ ރައްޔިތުން ކުރަމުންދާ ޖިހާދުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ.

ފަލަސްތީނުގެ ޖިހާދީ ޖަމާއަތްތައް ކަމުގައިވާ ހަމާސް ޖަމާއަތުންނާއި އަދި އިސްލާމިކް ޖިހާދުން، އީރާނުން އެ ޖަމާއަތްތަކަށް ހަތިޔާރާއި އަދި ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭ ދިނުމަށް ތައުރީފް ކުރިކަމުގައި ވިނަމަވެސް، އެ ޖަމާއަތްތަކަށް ހަތިޔާރު ފޯރުކޮށްދޭކަން އިރާނުން އެއްވެސް އިރަކު އާންމުކޮށް ހާމަ ކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ނ ނުރަބޯ
ބަރާބަރު.