އަލްޖަޒީރާ ނިއުސް އޭޖެންސީގެ އޮފީސް ހުންނަ އިމާރާތަށް ހަމަލާދީ، އެ އޮފީސް އިސްރާއީލުން ގޮއްވާލައިފިއެވެ. ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، މި އިމާރާތަކީ ބައިނަލް އަގުވާމީ އެހެން ބައެއް މީޑިއާ އޮފީސްތައްވެސް ގާއިމް ކޮށްފައި ހުންނަ އިމާރާތެކެވެ.
އިސްރާއީލުން ދިން މިސައިލް ހަމަލާތަކުގައި މި އިމާރާތްވަނީ މުޅިން ބިމާ ހަމަވެފައެވެ.
އަލްޖަޒީރާ ނިއުސް ޗެނަލްއަކީ ގަތަރުގެ ދޯހާގައި ހެޑް އުއާޓަރ ހުންނަ، އަރަބި ބަހުންނާއި އަދި އިނގިރޭސިބ ބަހުން މުޅި ދުނިޔޭގެ ޚަބަރުތައް ކަވަރު ކުރަމުންދާ އެންމެ ބޮޑު އެއް ނިއުސް ޗެނަލްއެވެ. އަދި ވަކީން ޚާއްސަކޮށް އިސްލާމީ ދުނިޔޭގެ ޚަބަރުތަކާއި ފަލަސްތީނު އިސްރާއީލުގެ ޚަބަރުތައް މި ނިއުސް ޗެނަލްއިން ފުޅާ ދާއިރާއެއްގައި ކަވަރު ކުރަމުން ދެއެވެ.
އިސްރާއީލާއި ހަމާސް ޖަމާއަތުން މިހާރު ކުރަމުންދާ ހަގުރާމައިގެ ޚަބަރުތައް މި ޗެނަލްއިން ގެންދަނީ ގާޒާއިން ވަގުތުން ދުރަށް ފޮނުވަމުންނެވެ.
މި އިމާރާތަށް އިސްރާއީލުން މި ދިން ހަމަލާގައި މުޅި އިމާރާތް ބިމާ ހަމަވެފައިވާއިރު، މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާވި ކަމެއް އަދި ޔަގީން ކުރެވިފައި ނުވާކަމަށް އަލްޖަޒީރާއިން ރިޕޯޓު ކޮށްފައި ވެއެވެ.
⭕ LIVE footage of the moment an Israeli air raid bombed the offices of Al Jazeera and The Associated Press in Gaza City ⬇️
? LIVE updates: https://t.co/RvtP1lEX1x pic.twitter.com/RBO1ZiDAl0
— Al Jazeera English (@AJEnglish) May 15, 2021
އަލްޖަޒީރާއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އެސޯޝިއޭޓް ޕްރެސް ނޫހުގެ އޮފީސްވެސް ހުންނަ، އަދި ގާޒާގެ ބައެއް ރައްޔިތުން ދިރި އުޅޭ އެޕާޓްމަންޓްތައްވެސް ހުންނަ މި އިމާރާތް ގޮއްވާލުމުގެ ގަޑިއެއްހާއިރު ކުރިން، އިމާރާތް ގޮއްވާލާނެ ކަމުގެ އިންޒާރު އިސްރާއީލުން މި އިމާރާތުގައި ދިރިއުޅޭ ބައެއް ރައްޔިތުންނަށް ދީފައިވާ ކަމަށެވެ.
މި އިމާރާތުގައި މީހުން ދިރިއުޅޭ އެޕާޓްމަންޓުތަކުގެ އިތުރުން ވިޔަފާރިތައް ހިންގާ ބައެއް އޮފީސްތައްވެސް ހުންނަ ކަމަށް ވެއެވެ.
ފާއިތުވެދިޔަ ހަފްތާގެ ހޯމަ ދުވަހުން ފެށިގެން އިސްރާއީލުން ގާޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 139 މީހަކުވަނީ ޝަހީދު ވެފައެވެ. މީގެތެރޭގައި 39 ކުދިންނާއި 22 އަންހެނުންވެސް ހިމެނެއެވެ.
އަދި މި ހަމަލާ ބަދަލު ކުރުންތަކުގައި އިސްރާއީލުގެ 8 މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ. މީގެތެރޭގައި 5 އަހަރު ކުޑަ ކުއްޖަކާ ސިފައިންގެ މީހަކު ހިމެނެއެވެ.
ހޮނިހިރު ދުވަހުގެ ހެނދުނު އިސްރާއީލުން ގާޒާގެ ޝަތީ ރެފިއުޖީ ކޭމްޕުގައި ހުން 3 ބުރީގެ އިމާރާތަކަށް އަމާޒުކޮށް ދިން މިސައިލް ހަމަލާތަކުގައި އެއް އާއިލާއަކުން 8 ކުޑަކުރިންނާ 2 އަންހެނުންވަނީ މަރު ވެފައެވެ.
ކޮމެންޓު ފޮނުވާ