އަރަބި ކަނޑުގައި އުފެދިގެން ރާއްޖެ، އިންޑިއާ އަދި ޕާކިސްތާން އާއި ދިމާލަށް ދަތުރުކުރަމުންދާ ވަރުގަދަ ދޫފާނަކީ، މިސަރަހައްދުގައި ފާއިތުވެދިޔަ 20 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އުފެދިފައިވާ އެންމެ ވަރުގަދަ ތޫފާން ކަމުގައި ވެގެން ހިގައިދާނެ ކަމަށް، މޫސުމީ ކަންކަން ދިރާސާ ކުރާ ފަރާތްތަކުން ބުނަން ފަށައިފިއެވެ.
މި ތޫފާންގެ ބާރު ގަދަ ވަމުންދާއިރު، ތޫފާންގެ މިސްރާބު މިހާރު ހުރީ، އިންޑިއާގެ ހުޅަގުން، އަދި ރާއްޖޭގެވެސް ހުޅަގުން ޕާކިސްތާނުގެ އިރުމައްޗާއި ދިމާލަށް ދަތުރު ކޮށްފައިދާން މިސްރާބު ހިފާފައެވެ.
މި ޓްރޮޕިކަލް ސައިކްލޯންގެ އަސަރުކޮށް، ރާއްޖެއަށް ދަނީ މިހާރު ވަރަށް ބޮޑަށް ވައިގަދަވެ އަދި ވިއްސާރަ ކުރަމުންނެވެ. އަދި ގިނަ ރަށްތަކަކަށް ދަނީ އުދަވެސް އަރަމުންނެވެ.
ޓްރޮޕިކަލް ސައިކްލޯން ވަން-އޭގެ ބާރު އަދިވެސް އެންމެ ގަދަ ވެފައިވަނީ، އަރަބިއަން ސީގެ އިރު ދެކުނު ސަރަހައްދުގައެވެ. މިއީ އިންޑިއާގެ ކެރެލާ ސްޓޭޓްގެ އައްސޭރި ފަށުން ދެތިން ސަތޭކަ މޭލެއްހާ ދުުމިނުގައި އޮތް ސަރަހައްދެކެވެ. އިންޑިއާގެ ކެރެލާ ސްޓޭޓަކީ، ރާއްޖޭ އެންމެ އުތުރާއި އިންވެގެން އޮންނަ ސްޓޭޓެވެ.
މީޓްރިއޮލޮޖިސްޓުން، މި ތޫފާން އުފެދިފައި އޮތް ސަރަހައްދުގެ ބާރުމިން ގިންތި ކޮށްފައިވަނީ، Invest 92Aގެ މިންގަޑުގައެވެ. މިއީ، ބާރުގަދަ ޓްރޮޕިކަލް ތޫފާނަކަށް ބަދަލުވެގެންދާ ހާލަތުގައި އޮންނަ ބާރުމިނެއްގެ ގޮތުގައި ގިންތި ކުރާ މިންގަޑެކެވެ.
އަދި ފުރިހަމަ ތޫފާނަކަށް ބަދަލު ވުމަށްފަހު، ތޫފާނަށް ނަންދެވިގެންދާނީ "ތޫފާން ޓައުޓޭ"ގެ ނަމުންނެވެ.
މިގޮތުން އަރަބި ކަނޑުގައި އުފެދުނު ސައިކްލޯންގެ ބާރު ގަދަވަމުން ގޮސް، "ތޫފާން ޓައުޓޭ" މި ފަހްތާ ބަންދުގައި މިހާރު ދަތުރު ކުރަމުންދަނީ، އިންޑިއާގެ ހުޅަގުން އައްސޭރި ފަށުންނެވެ. މިގޮތުން "ތޫފާން ޓައުޓޭ"ގެ އަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށް މިހާރު ބެލެވިފައިވަނީ، ކެރެލާ ސްޓޭޓްގެ އިތުރުން ގޯއާ، މަހާރާސްތުރާ، އަދި ކަރުނާޓަކާ ސްޓޭޓަށެވެ. މިއި އިންޑިއާގެ ދެކުނުން ރާއްޖެއާއި އެންމެ ކާއިރީގައި އޮންނަ ސްޓޭޓްތަކެވެ.
އިންޑިއާގެ 20 މިލިއަންގެ ބޮޑު އާބާދީއެއް އޮންނަ މުމްބާއީއާ ހަމައަށް ތޫފާން ދަތުރު ކުރާނެ ކަމަށް ބެލެވެނީ އާދީއްތަ ދުވަހުގެ ރޭ ނުވަތަ ހޯމަ ދުވަހުގެ ހެނދުނުއެވެ. އަދި އެއަށްފަހު އިންޑިއާގެ ގުޖުރާތު ސްޓޭޓަށް ތޫފާންގެ ނުރައްކާ ބޮޑުވާނެ ކަމަށް ބެލެވޭއިރު، އަންނަ ހަފްތާގައި ޕާކިސްތާނުގެ އިރުދެކުނުގެ ސަރަހައްދުތަކަށް މި ތޫފާންގެ އަސަރު ވަރަށް ބޮޑަށް ކުރާނެއެވެ.
"ތޫފާން ޓޫޓޭ"ގެ އަސަރު މިހާރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވަރަށް ބޮޑަށް ދަނީ ކުރަމުންނެވެ.
މިގޮތުން ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މޫސުން އިތުރަށް ގޯސްވެ، ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ އުތުރުގެ ބައެއް އަތޮޅުތަކަށް އޮރެންޖު އެލާޓް މިހާރުވަނީ ނެރެފިއެވެ.
މެޓް އޮފީހުން އެލާޓް ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ޅ އަތޮޅަށެވެ. މި ސަރަހައްދުތަކުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށާއި، ގަޑިއަކު 34 މޭލާއި، 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދާވެނެ ކަމަށް މެޓް އޮފީހުން ލަފާ ކޮށްފައި ވެއެވެ. އަދި ކަނޑުތައް ގަދަވެ، ބައެއް ރަށްތަކަށް ރާޅު އަރާފާނެ ކަމަށް ލަފާ ކޮށްފައި ވެއެވެ.
ކޮމެންޓު ފޮނުވާ