ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރަތުގައި ހަންގޭރީގެ ފްރެންސްވަރޯސްއާ ދެކޮޅަށް ނުކުތްނައިރު މެޗު ފަސޭހަކޮށް ނުލާނެކަމަށް ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ބުނެފިއެވެ.
ބާސެލޯނާއަކީ މިސީޒަނުގައި ޗެމްޕިއަންސް ލީގު ފޭވަރިޓުންނެ ނޫންކަމަށް އެޓީމުގެ ކޯޗު ރޮނާލްޑް ކޫމަން ބުނިއެވެ. ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރަތުގައި ހަންގޭރީގެ ފްރެންސްވަރޯސްއާ ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަކަދައްކަމުން ބާސާގެ ކޯޗު ކޫމަން ބުނީ ބާސެލޯނާ ކޮންމެ މުބާރާތެއްގައި ވާދަކުރި ނަމަވެސް ބާސާއިން ނުކުންނާނީ އެ މުބާރާތެއްގެ ތަށި ކާމިޔާބުކުރަންކަމަށެވެ. ކުލަބަށް ދިމާވެފައިވާ އުނދަގޫ ހާލަތާއެކު ބާސާއަކީ ފެވަރިއްޓެށް ނޫންކަމަށާއި އެހެންނަމަވެސް މުބާރާތުގައި ދެވެން އޮތް އެންމެ ދުރަކަށްދާން މަސައްކަތް ކުރާނެ ކަމަށް ކޫމަން ބުނިއެވެ.
ކޫމަން ބުނީ ގުރޫޕްގައި ދެން އޮތް ދެޓީމަށްވުރެ ފްރެންސްވަރޯސް ބަލިކަށި ނަމަވެސް މެޗު ފަސޭހަކޮއްނުލާނެ ކަމަށެވެ. އޭނާ ބުނީ މުބާރާތުގައި އެއްވެސް މެޗަކީ ފަސޭހަ މެޗެއް ނޫންކަމަށާއި ޓީމުން ތައްޔާރުވާނީ އެވަރު ދަނެގަންކަމަށެވެ. އަބަދުވެސް މޮޅުވުމަކީ މުހިންމުކަމެއް ކަމަށާއި ހާއްސަ މޮޅަކުން މުބާރާތް ފެށުމަކީ ވަކިން މުހިންމު ކަމެއް ކަމަށް ކޯމަން ބުނެފައިވެއެވެ.
އަހަރެމެން ކުރިމަތީގައި ވަރަށް ގިނަ މުބާރާތްތަކެއް އޮބަ އޮތް ކުރިޔަށް ، ކޮންމެ މުބާރާތެއްގައި އަހަރެމެން ނުކުންނާނީ ކާމިޔާބުކުރުމުގެ ވިސްނުމުގައި އެކަމަކު މިފަހަރު ހާލަތު ތަފާތު މިއީ އެންމެ ރަނގަޅު ވަގުތެއް ނޫން މިހުރިހާ ކަމާއެކު އަހަރެމެންނަކީ ފެވަރިޓެއްނޫނޭ ބުނެވޭނީ މިފަހަރު.
– ކޫމަން
މިސީޒަންގައި ބާސެލޯނާ އަދި އެހާ ރަނގަޅު ކުޅުމެއް ދެއްކިފަނުވާއިރު މެސީގެ މޮޅުކުޅުން ބާސެލޯނާގައި ފެންނާނެ ކަމާމެދު އޭނާ ޝައްކުނުރާކަމަށް ކޫމަން ބުނެފައިވެއެވެ. އޭނާ ބައްޓަން ކުރަމުންދާ އާސިސްޓަމް މިހާރު ކުޅުންތެރިންނަށް ހޭނިއްޖެކަމަށާއި ޓީމުގައި ޒުވާން ގިނަ ކުޅުންތެރިން ތިބުމުން ވަގުތު ނަގާނެކަމަށް ބާސެލޯނާގެ ކުރީގެ ކުޅުންތެރިޔާ ބުނިއެވެ. މިއީ މި ދެޓީމުގެ ފުރަތަމަ ކުރިމަތިލުމެވެ.