ރައީސްގެ ހަމްދަރުދީ އިންޑިޔާއަށް، ދިވެހިން ތިބީ އިންޑިޔާއާއިއެކު: ރައީސް

ރައީސްގެ ހަމްދަރުދީ އިންޑިޔާއަށް، ދިވެހިން ތިބީ އިންޑިޔާއާއިއެކު: ރައީސް

Author
މުޙައްމަދު ޝަޒައިމް
28 އޭޕްރިލް 2021 05:44
0

ކޯވިޑް-19ގައި އިންޑިޔާގެ ހާލަތު އިންތިހާއަށް ގޯސްވެ، ބަލީގައި ފަރުވާދޭ މީހުންނާއި ނިޔާވާ މީހުންގެ އަދަދު އިތުރަވަމުންދާރީ އެކަމުގެ ކަންބޮޑުވުމާއި ހިތާމަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ފާޅު ކުރައްވައިފިއެވެ.

މުޅި ދުނިޔޭގައިވެސް މިވަގުތު ކޯވިޑް-19ގެ ޙާލަތު އެންމެ ގޯސް އެއްޤައުމަކީ އިންޑިއާއެވެ. އެޤައުމާމެދު މުޅި ދުނިޔެވެސްވަނީ ކަންބޮޑުވެ ޙަމްދަރުދީ ފާޅުކޮށް އެހީވަމުންނެވެ. އިންޑިޔާގެ އެތައްހާސް ބަޔަކަށް ބަލިޖެހި ފަރުވާ ދެމުންދާއިރު ފަރުވާ ނެދެވި އެތައް ބަޔަކު ދަނީ ދުނިޔެއާއި ވަކިވަމުންނެވެ.

އިންޑިޔާގެ ހާލަތާއި މެދު ކަންބޮޑުވުން ފާޅުކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އިންޑިއާއަށް މިވަގުތު ކޯވިޑް-19ގެ އިތުރު ރާޅެއް ކުރިމަތިވެ ދިމާވެފައިވާ ބިރުވެރި ޙާލަތުގެ ސަބަބުން ކަންބޮޑުވެ ހިތާމަކުރައްވާކަމަށެވެ. މިޙާލަތުގައިވެސް ދިވެހިން ތިބީ އިންޑިއާއާ އެކުގައިކަމުގެ ޔަގީންކަން ރައީސްވަނީ ދެއްވާފައެވެ. އަދި އިންޑިއާ އޮތް ޙާލަތުން އަރައިގަތުމަށް އެޤައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި ކަމާގުޅޭ އިދާރާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރައްވައި އެމަސައްކަތަސް ރައީސްވަނީ ކާމިޔާބަށް އެދިވަޑައިގެންފައެވެ.

މިހާތަނަށް އިންޑިއާގައި ކޯވިޑް-19އަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދު 17.9 މިލިއަނަށްވުރެ މައްޗަށް ގޮސްފައިވެއެވެ. މިބަލީގައި އެޤައުމުން މަރުވި މީހުންގެ ޢަދަދުވަނީ ދެލައްކައަށްވުރެ މައްޗަށް އަރާފައެވެ. އިންޑިއާގައި ބަލި ފެތުރޭ މިންވަރު އިތުރުވެ ބަލީގެ އިތުރު ވޭރިއެންޓުތައް ފެންނަމުން ދިޔުމާ ގުޅިގެން ބަލި ކޮންޓްރޯލްކުރުމަށް ސްޓޭޓުތަކުގައި އަންނަނީ ފުރަބަންދު ޢިއުލާންކުރަމުންނެވެ.

އިންޑިއާގައި އާދަޔާ ޚިލާފަށް ގިނަ އަދަދަކަށް ކޯވިޑް19އަށް މީހުން ޕޮޒިޓިވްވާން ފަށާފައިވުމާއި ގުޅިގެން، އެގައުމުގެ ހޮސްޕިޓަޕްތައް ފުރި، ސިއްޙީ ފަރުވާ ފޯރުކޮށްދިނުމުގައި ވަނީ ބޮޑެތި ދަތިތަކާ ކުރިމަތި ލާން ޖެހިފައެވެ. މިގޮތުން، އައިސީޔީ އެދުތަކާއި، ބޭހާއި، ބޭނުންވާ އޮކްސިޖަނާއި އަދި ވެންޓިލޭޓަރުތައްވެސް ބޭނުންވާ ވަރަށް ފޯރު ކޮށްދިނުމުގައި ވަނީ ބޮޑެތި ދަތިތަކާ ކުރިމަތި ލާން ޖެހިފައެވެ.

އަދި މީގެ އިތުރުން، މަރުވާ މީހުގެ އަދަދު އިންތިހާއަށް މައްޗަށްގޮސް، އަންދާލަން ޖެހިފައިވާ ނުވަތަ ވަަޅުލާން ޖެހިފައިވާ މީހުންގެ ހަށިތަކުން މޯޗަރީތައްވެސް ވަނީ ފުރި ބާރުވެފައެވެ.

އިންޑިއާގެ ޖައިޕޫރު ގޯލްޑެން ހޮސްޕިޓަލްގެ މެޑިކަލް ޑައިރެކްޓްރ ޑރ. ޑީކޭ ބަލޫޖާއާއި ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އިންޑިއާގެ ވެރިރަށް ޑެލްހީގެ ހޮސްޕިޓަލެއްގައި އޮކްސިޖަން ސަޕްލައި ހުސްވެ، އޮކްސިޖަން ފޯރުކޮށް ނުދެވިގެން، އައިސޫގައި ފަރުވާ ދެމުންދިޔަ 20 ބަލި މީހަކު ހުކުރު ދުވަހުގެ ރޭ ވަނީ މަރުވެފައެވެ.

އިންޑިއާއަކީ ދުނިޔޭގައި ދެވަނައަށް އެންމެ އާބާދީ ބޮޑު ގައުމެވެ. މިގޮތުން އެގައުމުގެ އާބާދީއަކީ، އެމެރިކާގެ އާބާދީގެ 4 ގުނައާއި އެއްވަރުގެ އަދަދެކެވެ. އެހެންނަމަވެސް، އާބާދީގެ ނިސްބަތުން އަދިވެސް އިންޑިއާ އުޅެނީ ޕޮޒިޓިވް ވާމީހުންގެ ނިސްބަތް އެމެރިކާއަށްވުރެ ފަހަތުގައެވެ. މިއީ ކޮންމެ މިލިއަނަކަށް، ކޯވިޑް19އަށް މީހުން ޕޮޒިޓިވް ވަމުންދާ މީހުންގެ ނިސަބަތުން ދައްކާ ތަފާސް ހިސާބުގެ ނަތީޖާއެވެ.

އެހެންނަމަވެސް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ހިސާބުތައް ދައްކާގޮތުން، ފާއިތު ވެދިޔަ ހަފްތާގައި، މުޅި ދުނިޔޭގައި ކޯވިޑް19އަށް ޕޮޒިޓިވްވި މީހުންގެ %28 އަކީ އިންޑިއާގައި ކޯވިޑް19އަށް ޕޮޒިޓިވް ވެފައިވާ މީހުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

G Geri baba
M.d.p meehun ekani aharen mithibee geri modiyaa ekogayeh noon.
a ahmed
Kaleyge auvaanun ekani thibee aharen mee dhivehseh aharen neh nethin India a ekee Indian military go home
R Rty
Raees hunnavaa indiyaa ekee rahyithun nuthibeyne indiyaa hedhiehcheh hedheykah kohaadhogeh thihadhanee.
ބ ބޮކުސާ
ތިޔަ ޖާހިލު ސަރުކާރު އޮވޭ އިންޑިޔާއާއި އެއްކޮށް. ދިވެހި ރައްޔިތުން ތިބީ އިންޑިޔާއާއި އެއްނޮށެއް ނޫން. ދެންވެސް އިބުރާހިމް ސޯލިހު ދިވެހި ރައްޔިތުންނޭ ކިޔާއިގެން އަނގަ ނުފަތުރާތި. ވަރަށް ވެދުން.