ރާއްޖޭގައި ޑްރިފްޓް ކުޅިވަރު އާލާކުރުމަށް ޑްރިފްޓް އެސޯސިއޭޝަނުން ކުރަމުންދާ މަސައްކަތްތަކަށް އެމްޑީޕީގެ ރައީސް އަބުދުالله ޝާހިދު ޝުކުރު އަދާކުރައްވައިފިއެވެ.
ޑްރިފްޓް އެސޯސިއޭޝަނުގެ ޑްރައިވަރުންގެ ހުނަރުވެރި ޙަރަކާތްތައް ރޭ ބައްލަވާލެއްވުމަށްފަހު ކުރެއްވި އެކްސް ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، ޝައުޤުވެރި މި ކުޅިވަރު ރާއްޖޭގައި އާލާ ކުރެއްވުމަށް ޑްރިފްޓް އެސޯސިއޭޝަނުގެ ވެރިންނާއި މެންބަރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ޝުކުރު ދަންނަވާ ކަމަށެވެ.
އިތުރަށް ޝާހިދު ވިދާޅުވީ، ރާއްޖޭގައި ޒަމާނީ އެކިއެކި ކުޅިވަރުތައް ކުރިއަރަމުންދާ ވަރަކަށް، އެ ކުޅިވަރުތައް ކުޅެވޭނެ ފަދަ އެކަށީގެންވާ ވަސީލަތްތައް ޤާއިމުކޮށްދޭން ޖެހޭ ކަމަށެވެ.
ޑްރިފްޓް ކުޅިވަރަކީ ފަހަކަށް އައިސް ޒުވާނުންގެ މެދުގައި މަޤުބޫލުކަން ހޯދަމުން އަންނަ، ޑްރައިވަރުންގެ ފަރާތުން ޚާއްޞަ ހުނަރެއް ބޭނުންވާ ކުޅިވަރެކެވެ. ޑްރިފްޓް އެސޯސިއޭޝަނުން ދަނީ މި ކުޅިވަރު ރާއްޖޭގައި ތަޢާރަފުކޮށް، ފުޅާ ދާއިރާއެއްގައި ފެތުރުމަށް ގިނަ ޙަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ.
ކުރީގެ ޚާރިޖީ ވަޒީރު އަދި އިދިކޮޅު އެމްޑީޕީގެ މިހާރުގެ ރައީސް އަބުދުالله ޝާހިދުވެސް ވަނީ ކުރިޔަށް އެޕާޓީގެ ރިޔާސީ ޓިކެޓަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅު ކުރައްވާފައެވެ. އއޭގެ އިތުރު ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅު ކުރައްވާފައިވަނީ އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލްއާއި ކުރީގެ ނާއިބު ރައީސް ފައިސަލް ނަސީމްއެވެ.
ކޮމެންޓު ފޮނުވާ