ފުރަތަމަ ޑޯޒް %58 މީހުން ފުރިހަމަކޮށް، ދެޑޯޒް ފުރިހަމަކުރި މީހުން އަދަދު 88،000 އިން މައްޗަށް

ފުރަތަމަ ޑޯޒް %58 މީހުން ފުރިހަމަކޮށް، ދެޑޯޒް ފުރިހަމަކުރި މީހުން އަދަދު 88،000 އިން މައްޗަށް

Author
މުޙައްމަދު ޝަޒައިމް
28 އޭޕްރިލް 2021 05:16
0

ރާއްޖެއިން ކޯވިޑް-19 ގެ ވެކްސިންގެ ފުރަަމަ ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު 58 އިސްސައްތައަށް ވުރެ މައްޗަށް އަރައިފިއެވެ. އަދި މިހާތަނަށް ރާއްޖެއިޑްގެ ދެވަނަ ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު ވަނީ 88،000 އިން މައްޗަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ހާމަކުރައްވާފައިވާ އެންމެ ފަހުގެ ތަފާސް ހިސާބަށް ބަލާއިރު އަންގާރަ ދުވަހު އެކަނިވެސް 5822 މީހުންވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައެވެ. އެއީ އަތޮޅުތަކުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހި 3,042 މީހުންނާއި، މާލެ ޞަރަޙައްދުގައި ވެކްސިންގެ ދެވަނަ ޑޯޒްޖެހި 2,780 މީހުންނެވެ. މިއާއެކު ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ ޖުމްލަ ޢަދަދުވަނީ 88،649 އަށް އަރާފައެވެ.

އަންގާރަ ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 1016 މީހުންނެވެ. އެއީ އަތޮޅުތަކުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި 703 މީހުންނާއި، މާލެ ސަރަޙައްދުގައި ވެކްސިންގެ ފުރަތަމަ ޑޯޒްޖެހި 313 މީހުންނެވެ.

މިވަގުތު ގްރޭޓަރ މާލެ ސަރަޙައްދުގައި ވެކްސިންޖަހަމުން އަންނަނީ ސޯޝަލް ސެންޓަރާއި ނޭޝަނަލް އާޓް ގެލެރީއާއި ހުޅުމާލޭ ވެކްސިން ސެންޓަރާއި ވިލިމާލޭ ޒުވާނުންގެ މަރުކަޒާއި ސެނެހިޔާ ހޮސްޕިޓަލްގައެވެ. މީގެ ތެރެއިން ކޮވިޝީލްޑް ވެކްސިން ޖަހަމުންގެންދަނީ ސޯޝަލް ސެންޓަރުގައި އެކަންޏެވެ. މިތަންތަނުގައި ވެކްސިން ޖެހުން ކުރިއަށްދަނީ ހުކުރު ފިޔަވާ ކޮންމެ ރެއެއްގެ 9:00 އިން ފެށިގެން 11:45 އަށެވެ.

ކިއުތައް ދިގުވުމުގެ ޝަކުވާތައް ބޮޑުވެ އެކަމަށް ޙައްލެއް ގެނައުމުގެ ގޮތުން މިހާރު ވަނީ ކިޔުބީ އެޕްލިކޭޝަނުން ނަމްބަރު ނަގައިގެން ވެކްސިންޖަހަންޖެހޭ ގަޑިއަށް ވެކްސިން ސެންޓަރަށް ދާންޖެހޭ ގޮތަށް ކަންކަން އިންތިޒާމުކޮށްފައެވެ. މާލެ ސަރަޙައްދުގައި ވެކްސިން ދިނުމުގެ ކަންކަން 11 ސެންޓަރުގައި ކުރިއަށްދެއެވެ. ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 4 މޮބައިލް ޓީމް ޙަރަކާތްތެރިވެއެވެ. އަދި އަތޮޅުތެރޭގައި 240 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިންދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.