ކިނބިދޫ ހޯމް ކަރަންޓީންގައި ހުރި 35 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ

ކިނބިދޫ ހޯމް ކަރަންޓީންގައި ހުރި 35 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ

Author
މުޙައްމަދު ޝަޒައިމް
28 އޭޕްރިލް 2021 05:08
0

ތ. ކިނބިދޫ ހޯމް ކަރަންޓީންގައި ހުރި 35 އަހަރުގެ ޒުވާނަކު ނިޔާވެއްޖެއެވެ.

ކޯވިޑް-19 އާއި ގުޅިގެން މުޖުތަމައުގައި ބަލި އޮތްކަށް ކަނޑައަޅައި އަރާފޭބުން މަނާކޮށްފައިވާ ރަށްތަކުގެ ތެރޭގައިވެސް ހިމެނޭ ކިނބިދޫގައި ބަލިދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ.

މިއަދު ހެނދުނު އެރަށުން ނިޔާވި 35 އަހަރުގެ ޒުވާނާގެ މަރާއި ގުޅިގެން އެމަރަކީ ކޯވިޑްގެ މަރެއްތޯ ދެނެގަތުމަށް އެރަށުގެ ޞިއްޚީ މަރުކަޒާއި އެޗްޕީއޭ ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް މިހާތަނަ އެމަރަކީ ކޯވިޑް މަރެއްގެ ގޮތުގައި ކަނޑައަޅާފައި ނުވެއެވެ.

ހޯމް ކަރަންޓީންގައި ހުއްޓާ ނިޔާވި ޒުވާނާއަކީ އެރަށުން ކޯވިޑަށް ޕޮޒިޓިވްވި މީހަކާއި ކޮންޓެކްޓްވުމުގެ ސަބަބުން ކަރަންޓީނަށް ލެވުނު މީހެކެވެ.

ކޯވިޑުގައި މިއަދު ވަނީ ފަރުވާ ދެމުންދިޔަ މީހަކު ނިޔާވެފައެވެ. މިމަރާއިއެކު ރާއްޖެއިން ކޯވިޑްގައި ނިޔާވި މީހުންގެ އަދަދުވަނީ 72 އަށް އަރާފައެވެ. އަދިމިއީ މިމަހުގައި ރާއްޖެއިޑް ކޯވިޑްގައި ނިޔާވި 5 ވަނަ މީހާއެެވެ. ކޯވިޑަށް ރާއްޖެއިބް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ، ބަލީގެ ނުރައްކާ އިންތިހާއަށް ބޮޑުވި ނަމަވެސް އެޗްޕީއޭއިން މާބޮޑު ފިޔަވަޅުތަކެއް އަޅާތަނެއް ނުފެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.