ފުލުހުންގެ ހުރި ވަޞީލަތްތަކާއިއެކު މިއަދު މަސައްކަތް ކުރަންވީ ރާއްޖޭގައި އާންމުވެފައިވާ ވައްކަމާއި ފޭރުމާއި ބޮޑެތި ކުށްތައް ހުއްޓުވަން ކަމުގައި ކުރީގެ ނާއިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
މާލެއާއި ރާއްޖޭގައި އިންތިހާއަށް ވައްކަމުގެ މައްސަލަތައް ގިނަވެ، ރޭޕްކުރުމާއި، ޖިންސީ މައްސަލަތައް އިތުރުވަމުންދާއިރުވެސް އެމައްސަލަތައް ނުބެލި އެކަށީގެންވާ ފިޔަވަޅު ނޭޅޭތީ ގިނަބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. މައްސަލަތައް ބެލުމުގައި އެކަށީގެންވާ ފިޔަވަޅު ނާޅާ މައްސަލާގައި ޑރ.ޖަމީލް ވިދާޅުވީ ޤާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ލިބިދޭ ހައްގެއް ހުއްޓުވުމަށް ބޮޑެތި ބާރުތައް ބޭނުން ކުރުމުގެ ބަދަލުގައި ހުއްޓުވަންވީ ޤާނޫނާއި ޚިލާފަށް ހިންގާ ކަންތައްތައް ކަމަށެވެ.
ފުލުހުންގެ މުއައްސަސާ މެދުވެރިކޮށް ފުލުހުން މިއަދު ކުރަންވީ ކަމަކީ ރާއްޖޭގައި ހިންގާ ވައްކަމާއި ފޭރުން ހުއްޓުވައި ޤައުމުގައި އަމާންކަން ގާއިމްކޮށް ދިނުންކަމަށެވެ. މުޒާހަރާއަކަށް ގޮވާލާތަކުން މުޅި ސަރަހައްދު ބަންދުކޮށް މުޒާހަރާގެ ތެރެއިން އެތައްބަޔަކު ހައްޔަރުކޮށް ބަންދުކޮށް ހެދުމަކީ ރާއްޖޭގައި ހުރި މައްސަލަތައް ހައްލުވާނެ ކަމެއްނޫންކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ.
ވައްކަން/ފޭރުން އިތުރުވެ އާއްމުން ހާސްވެފައި. ފުލުހުންގެ ވަޞީލަތްތައް ބޭނުންކުރަންވީ އެކަން ހުއްޓުވަން. އިޙްތިޖާޖުގެ ނަންގަނެލިޔަސް މަގުބަންދުކޮށް ހުރިހާ ބާރެއް ބޭނުންކުރަނީ. ފަޔަށް ހިނި އަރައިގެން އުޅޭހެން އުޅުމުން އިތުބާރު ގެއްލި ލިބޭނީ ނަފްރަތު. ޕްރޮފެޝަނަލް ވާންވީ ޢަމަލުން.
– ޑރ.ޖަމީލް ވިދާޅުވިއެވެ.
ވައްކަން/ފޭރުން އިތުރުވެ އާއްމުން ހާސްވެފައި. @PoliceMv ގެ ވަޞީލަތްތައް ބޭނުންކުރަންވީ އެކަން ހުއްޓުވަން. އިޙްތިޖާޖުގެ ނަންގަނެލިޔަސް މަގުބަންދުކޮށް ހުރިހާ ބާރެއް ބޭނުންކުރަނީ. ފަޔަށް ހިނި އަރައިގެން އުޅޭހެން އުޅުމުން އިތުބާރު ގެއްލި ލިބޭނީ ނަފްރަތު. ޕްރޮފެޝަނަލް ވާންވީ ޢަމަލުން pic.twitter.com/0Ec14kvrkW
— Mohamed Jameel Ahmed (@MJameelAhmed) April 28, 2021
ފަހަކަށް އައިސް ރާއްޖޭގައި ވައްކަންތައް އިންތިހާއަށް އާންމުވެ، ގޭގޭގައި ހުންނަ އަގުބޮޑެތި މުދަލާއި ފައިސާ ވަގަށް ނަގާ މައްސަލަތައް ވަނީ އާންމުވެފައެވެ. މިމައްސަލަތައް ނުބެލި އެކަށީގެންވާ ފިޔަވަޅު ނޭޅޭތީ ގިނަބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދިޔަ ނަމަވެސް ވައްކަންތަކާއި، ފޭރުން އަންނަނީ އިތުރުވަމުންނެވެ. އަދި ޚާއްސަކޮށް ރޭޕް ކުރުމާއި ޖިންސީ މައްސަލަތައް އިންތިހާއަށް އިތުރުވަމުންދާކަމަށް ގިނަބަޔަކު ފާހަގަކުރެއެވެ.
ކޮމެންޓު ފޮނުވާ