އިދިކޮޅު މުޒާހަރާއިން ހައްޔަރު ކުރި މީހުން ވަގުތުން ދޫކޮށްލުމަށް ގޮވާލައިފި

އިދިކޮޅު މުޒާހަރާއިން ހައްޔަރު ކުރި މީހުން ވަގުތުން ދޫކޮށްލުމަށް ގޮވާލައިފި

Author
މުޙައްމަދު ޝަޒައިމް
28 އޭޕްރިލް 2021 01:09
0

"ދޭތިން އެކައްޗަށް" ނަމުގައި އިދިކޮޅު ކޯލިޝަނުން ކުރި މުޒާހަރާއިން ހައްޔަރު ކުރިން މީހުން މިހާރު މިހާތަށް ދޫކޮށްލުމަށް އެކޯލިޝަނުން ގޮވާލައިފިއެވެ.

އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއާއި 32 ވަނަ މައްދާއިން ލިބިދީފައިވާ ޙައްޤުގެ ބޭނުން ހިފާ، ޕްރްގްރެސިވް ކޮންގްރެސް ކޯލިޝަން ގެ ފަރާތުން "ދޭތިން އެކައްޗަށް" ނަމުގައި ޤާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރި އިޙުތިޖާޖު ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ ހުރަސް އަޅާފައިކަމަށެވެ.

މިއިޙުތިޖާޖުގެ ބައިވެރިންނާއި އިޙުތިޖާޖުގައި ބައިވެރިވުމަށް މަސައްކަތް ކުރި ދިވެހި ރައްޔިތުންގެ ތެރެއިން ބައެއް މީހުން ހައްޔަރު ކުރުމަށް މަސައްކަތް ކުރިއިރު ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް އެތައް ބަޔަކަށް އަނިޔާވެފައިވާކަމަށެވެ.

މިފަހަކަށް އައިސް ރައްޔިތުންގެ ޝުޢޫރު ފާޅު ކުރުމުގެ ގޮތުން ބާއްވާ އިހުތިޖާޖުތަކާއި އެއްވުންތައް ރޫޅާލުމުގައި ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް، ރައްޔިތުން އެކި ވަރުގެ އަނިޔާ ގަސްތުގައި ދެމުން ގެންދާކަން ވަނީ ފާހަގަ ވެފައިކަމަށާއި، އަދި މިކަންކަން ތަޙުޤީޤުކޮށް އަޅާން ޖެހޭ ފިޔަވަޅުތައް އެޅުމަށް ހިއުމަންރައިޓްސް ކޮމިޝަނާއި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށާއި ފުލުހުންގެ މުއައްސަސާއަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ.

ދިވެހިރާއްޖޭގައި އިދިކޮޅުގައި އޮތް ހަމައެކަނި ސިޔާސީ 2 ޕާޓީ ކަމުގައިވާ ޕީ.ޕީ.އެމް. އާއި ޕީއެންސީ ގެ އިދާރީ އޮފީސް ހިންގާ އިމާރާތް ހުންނަ ސަރަޙައްދަށް ވަނުން މަނާކޮށް 2 ޕާޓީގެ ވެސް އިދާރީ ހިންގުމަށް ހުރަސް އެޅޭ ގޮތަށް ފުލުހުން މެދުވެރިކޮށް އެސަރަހައްދު ބަންދުކޮށް ޕާޓިގެ ވެރިންނާއި، ކައުންސިލް މެންބަރުންނާއި، ކޮމިޓީތަކުގެ މެންބަރުންނާއި އިދާރީ މުވައްޒަފުންނަށްވެސް ވަނަ ނުދީ ހިންގަމުން ގެންދާ މުޑުދާރު ޢަމަލަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނޭ ކަމެއް ނޫނެވެ. އަދި މިކަން ހުއްޓުވައިދިނުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވާލަން. އިދިކޮޅު ބަޔާނުގައި ބުނެފައިވެއެވެ.

މިރޭގެ އިޙުތިޖާޖުގައި ބައިވެރިވުމަށް މަސައްކަތް ކުރި ރައްޔިތުން ބާރުގެ ބޭނުންކޮށް އަނިޔާވެރިކޮށް ހައްޔަރު ކޮށްފައިވާއިރު، އޭގެތެރޭގައި އިދިކޮޅު 2 ޕާޓީގެ ކައުންސިލް މެންބަރުންނާއި، ސްޓިއަރިންގ ކޮމިޓީތަކުގެ މެންބަރުންނާއި ޢާންމު ރައްޔިތުންގެ އިތުރުން 2 ލޯޔަރަކުވެސް ވަނީ ހައްޔަރުކޮށްފައެވެ.

ޑިމޮކްރަސީ ގެ އެއް އަސާސްކަމުގައިވާ ޚިޔާލުފާޅުކުރުމާއި އިޙުތިޖާޖު ކުރުމުގެ ޙައްޤަށް ދިވެހި ސަރުކާރުން އަރައިގަނެ، ރައްޔިތުންނަށް ދެމުން ގެންދާ އަނިޔާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށް، އަދި ސަރުކާރުން ގެންގުޅޭ ހުދުމުޚުތާރު، ޑިމޮކްރަސީއާއި ބީރައްޓެހި ގޮތްގަނޑު ދޫކޮށް، މިރޭގެ އިޙުތިޖާޖުން ހައްޔަރުކޮށްފައިވާ އެންމެހާ ރައްޔިތުން މިހާރުން މިހާރަށް ދޫކޮށްލުމަށާއި، ޕާޓީގެ އިދާރި ހިންގުމަށް ހުރަސް އެޅޭ ގޮތަށް ޕާޓީ އޮފީސް ހިސޯރުކުރުން ހުއްޓުމަކަށް ގެނައުމަށް ސަރުކާރަށް ވަނީ ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.