ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަޒްނާ އަޙްމަދު ކޯވިޑުން ރަނގަޅުވެއްޖެއެވެ.
މެޑަމް ފަޒުނާ ކޯވިޑަށް ޕޮޒިޓިވް ވެފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ކޯވިޑް-19އިން ރަނގަޅުވެފައިވާކަން ހާމަކުރެއްވީ ސޯޝަލް މީޑިއާގައި އާއްމު ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި އެކަމަނާ ވަނީ ބަލިން ފަސޭހަވިކަން ހާމަކުރައްވައި، ހެޔޮ ދުޢާ ކޮށްދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
އެކަމަނާ ކޯވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެ ދެކަނބަލުންގެ ދެބޭފުޅުން ކޯވިޑް-19 އަށް ހެއްދެވި ޓެސްޓުގެ ނަތީޖާ ވަނީ ނެގެޓިވް ވެފައެވެ. ރައީސުލްޖުމްހޫރިޔާ ވަނީ ދާއިދަހުން ކޯވިޑް ވެކްސިންގެ ދެޑޯޒް ފުރިހަމަ ކުރައްވާފައެވެ. ރައީސްގެ އަނބިކަނބަލުން މެޑަމް ފަޒުނާ ކޯވިޑަށް ޕޮޒިޓިވް ވެފައިވާއިރު އެކަނމަނާގެ ކޮއްކޯފުޅުގެ ފިރިކަލުން ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުއާއި އަނބިކަނބަލުންވެސް ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ.
ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، ބައްޔާ ދެކޮޅަށް ފިޔަވަޅުރައް އެއްވެސް ވަރަކަށް ހަރުކަށި ކޮށްފައިނުވެއެވެ.
ކޮމެންޓު ފޮނުވާ