އެމްއެމްޕީއާރުސީ މައްސަލަ ބަލާނޭ ކަމަށްބުނެ އެ ހައްދަނީ ރައްޔިތުން ގުނބޯ: ޒަރިޔަންދު

އެމްއެމްޕީއާރުސީ މައްސަލަ ބަލާނޭ ކަމަށްބުނެ އެ ހައްދަނީ ރައްޔިތުން ގުނބޯ: ޒަރިޔަންދު

Author
މުޙައްމަދު ޝަޒައިމް
27 އޭޕްރިލް 2021 03:22
0

ފަހުގެ ތާރީޚެއްގައި ހިނގި ކޮރަޕްޝަންގެ އެންމެ ބޮޑު އެއް މައްސަލަކަމަށްވާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ޝާމިލުވާ މީހުން ހިމެނޭ އިދާރާތަކުން އެމައްސަލަ ބަލާނެކަމަށްބުނެ ދައްކާ ވާހަތަކަކީ ރައްޔިތުން ގުނބޯ ހައްދަން ދައްކާ ވާހަކަތަކެއް ކަމަށް ނެޝަނަލް ޓެންޑާ ބޯޑުގެ ޗެއާމަން އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ މައްސަލަ ބަލާނެކަމުގެ ވައުދާއިއެކު ވެރިކަމަށް އައި ސަރުކާރަށް ދެއަަރާއި ބައިވާން ކައިރިވެފައިވާއިރު، މިވައުދު ނުފުއްދި ގިނަބައެއްގެ ފާޑުކިޔުންވަނީ ސަރުކާރަށް އަމާޒުވެފައެވެ. މިމައްސަލާގައި ސަރުކާރު ހިމެނޭ އިސްބޭފުޅުންނާއި، އަދިވެރިކަން ކުރާ އެމްޑީޕީގެ އިސްބޭފުޅުން ދަނީ އެއްބޭފުޅަކު އަނެއްބޭފުޅަކަށް، އަދި އެއްވުޒާރާ އަނެއްވުޒާރާއަށް ހޫނު ބަހުގެ ހަމަލާތައް ބަދަލު ކުރަމުންނެވެ.

އެމްއެމްޕީއާރުސީ މައްސަލަ ބަލާނެކަމަށްވުނެ ދައްކަވަމުންދާ ވާހަތަކާއި ގުޅިގެން ޒަރިޔަންދު ވިދާޅުވީ މިމައްސަލާގައި ޝާމިލުވާ މީހުންތިބި އިދާރާތަކަށް މިކަން ބެލިދާނެކަމަށް ބުނެ ކިތަންމެ އަޑަށްބާރުލާފައި ބުންޏަށް އެކަން ނުވާނެކަމަށެވެ. މިކަމުގައި ޝާމިލުވާ މީހުން ތިބިތަންތަނުން މިކަން ކުރަން އުޅޭކަމަށްބުނެ ދައްކަވާ ވާހަތަކަކީ ރައްޔިތުން ގުނބޯ ހައްދަން ދައްކާ ވާހަތަކެއްކަމަށް ޒަރިޔަންދު ވިދާޅުވިއެވެ.

އެމް.އެމް.ޕީ.އާރ.ސީގެ މައްސަލައިގެ ތެރެއިން ވިހެއި ތަޙްޤީޤީ އިދާރާތަކާއި، ހިސާބުކިތާބުކުރާ މީހުނާއި، ބަނޑޭރިންނާއި، ބަންޑާރައިންނާއި، ނައިބުންނާއި، މަޖިލީސް މެމްބަރުންނާއި، ފުލުހުމީހުނާއި އެގޮތުގައި ތިބިހާދުވަހަކު އެ މައްސަލަ ބަލާނޭ ކަމަށްބުނެ އެ ހައްދަނީ "ރައްޔިތުން ގުނބޯ.

– ޒަރިޔަންދު ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެމައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުންވަނީ ވިދާޅުވެފައެވެ. ޚިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި 5 ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މިހާރު ސަރުކާރުގެ މަގާމުގައިތަކުގައި ތިބި 7 ބޭފުޅަކާއި، 7 ފަނޑިޔާރެއްގެ އިތުރުން ސަލާމަތީ ބާރުތަކުގައި ހިމެނޭ 23 އޮފިސަރަކަށްވެސް ޚިޔާނާތުގެ ފައިސާ ލިބިފައިވެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުނުންކޮށްފައި ވަނީ ސިޔާސީ މަންފާތަކެއް ހޯދުމަށް ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުންވަނީ ބުނެފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.