އެމް.ޑީ.ޕީގެ ޤައުމީ މަޖިލިސް އިންތިޚާބުގައި މެދު އުތުރު ޕްރޮވިންސް (ކ އއ އދ އަދި ވ) ގެ ރައީސް ކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވާދަކުރައްވާނެކަމަށް އިއުލާން ކުރައްވައިފިއެވެ.
މިނިސްޓަރ މަހުލޫފްއަކީ އެމްޑީޕީގައި ފަހަކަށް އައިސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވައި އަދި ޔޫތު މިނިސްޓަރުގެ ހައިސިއްޔަތުން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރެއްވުމަށް ވަރަށް ބުރަ މަަސއްކަތްތަކެއް ކުރައްވަމުންދާ ވަޒީރެކެވެ. މިނިސްޓަރ ވަނީ އެދާއިރާގެ ރައްޔިތުންގެ ތާއީދު ދެއްވުމަށް އެދިވަޑައިގެންފައެވެ.
އެމް.ޑީ.ޕީގެ ޤައުމީ މަޖިލިސް އިންތިޚާބުގައި މެދު އުތުރު ޕްރޮވިންސް (ކ އއ އދ އަދި ވ) ގެ ރައީސް ކަމަށް ވާދަކުރުމަށް އަޅުގަނޑު ނިންމައިފިން. މި ޕްރޮވިންސްގެ އެމްޑީޕީގެ އެންމެހާ މެމްބަރުން އަޅުގަނޑަށް ތާއީދު ކޮށްދެއްވާނެ ކަމަށް އުއްމީދުކުރަން.
– މަހުލޫފް ވިދާޅުވިއެވެ.
﷽
އެމް.ޑީ.ޕީގެ ޤައުމީ މަޖިލިސް އިންތިޚާބުގައި މެދު އުތުރު ޕްރޮވިންސް (ކ އއ އދ އަދި ވ) ގެ ރައީސް ކަމަށް ވާދަކުރުމަށް އަޅުގަނޑު ނިންމައިފިން. މި ޕްރޮވިންސްގެ އެމްޑީޕީގެ އެންމެހާ މެމްބަރުން އަޅުގަނޑަށް ތާއީދު ކޮށްދެއްވާނެ ކަމަށް އުއްމީދުކުރަން. pic.twitter.com/yonojYpOSq
— Ahmed Mahloof (@AhmedMahloof) April 26, 2021
އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު މެއި މަހުގެ 29 ވަނަ ދުވަހު ބޭއްވުމަށް ނިންމައި، އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އިންތިޚާބުގައި ވާދަކުރެވޭނެ މީހުންގެ ޝަރުތު ކަނޑައެޅުމާއި ގުޅޭގޮތުން މިރޭ ބޭއްވި އެޕާޓީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައިވަނީ އިންތިހާބުގައި ވާދަ ކުރެވޭނީ އެ ޕާޓީގެ މެމްބަރެއްގެ ގޮތުގައި އެއް އަހަރު ވެފައިވާ މެމްބަރުންނަށް ކަމަށް ފާސްކޮށްފައެވެ.
މީގެ އިތުރުން އެމްއެމްޕީއާރުސީ ހިޔާނާތާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން ނެރުނު ލިސްޓުގައި ނަން ހިމެނޭ މީހުންނަށްވެސް އިންތިހާބުގައި ވާދަ ނުކުރެވޭނެ ގޮތަށް ވަނީ ފާސްކޮށްފަ އެވެ. އަދި މަރު ކޮމިޝަން ތަހުގީގު ކުރި މައްސަލަތަކުގައި ތުހުމަތުވާ މީހުންނާއި ރޭޕް ކޭސްތަކުގައި ދައުވާ ކުރަން ފޮނުވާފައިވާ މީހުންނަށްވެސް ވާދަ ނުކުރެވޭ ގޮތަސް ވަނީ ނިންމާފަ އެވެ.
ދާއިރާއެއްގެ ރައީސްކަމަށް ކުރިމަތިލާނާމަ އެ ދާއިރާއަށް ނިސްބަތްވާ އެމްޑީޕީގެ 50 މީހުންގެ ސޮއި ހަމަކުރަންޖެހެއެވެ. އަދި ޕްރޮވިންސް ނުވަތަ ސިޓީއެއްގެ ރައީސްކަމަށް ކުރިމަތިލާނަމަ 200 މެންބަރުންގެ ސޮއި ހޯދަން ޖެހެއެވެ.
މި އިންތިޚާބުގައި ވޯޓުލެވޭނީ މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އެމްޑީޕީން ބަލަހައްޓާ އެތެރޭގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށްކަމަށާއި، ޕާޓީގެ އެތެރޭގެ ދަފްތަރުގައި 93354 މީހުން ރަޖިސްޓްރީވެފައިވާ ކަމަށް ސްޕޯކްސް ޕާސަން ވިދާޅުވިއެވެ.
ދާއިރާތަކުގެ އިންތިޚާބުގައި ވޯޓުލުމުގެ ފުރުސަތު ލިބޭނީ އެމްޑީޕީގެ ދަފްތަރުގައި ރެޖިސްޓަރީ ކޮށްފައިވާ މެންބަރުންނަށެވެ. ޕާޓީގެ ދަފްތަރުގައި ޖުމްލަ 93،354 މެންބަރުން ރެޖިސްޓަރީ ވެފައިވާ ކަމަށް އެމްޑީޕީން މައުލޫމާތުދެއެވެ. އެމްޑީޕީގެ މެންބަރުންގެ ލިސްޓް ޕާޓީގެ ވެބްސައިޓްގައި ޝާއިއުކޮށްފައި ވާއިރު އެސްއެމްއެސް ކޮށްގެން ޕާޓީގެ މެންބަރެއްތޯ ބެލޭނެ ކަމަށް އެ އެޕާޓީން ބުނެއެވެ.
ކޮމެންޓު ފޮނުވާ