ކޮމިއުނިޓީ ސްޕްރެޑެއް އޮތް އއ.މަތިވެރިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 123 އަށް އަރައިފިއެވެ.
މަތިވެރިން ބައްޔަށް ޕޮޒިޓިވްވި މީހުން، ޕޮޒިޓިވްވިކަން އެނގިފައިވަނީ ބަލީގެ އަލާމާތްތައް ފެނިގެން ޓެސްޓުކުރުމުންނެވެ. މިއާއެކު އެރަށުގަ މުޖުތަމަޢުގެ ތެރޭގައި ބަލި އޮތްކަމަށްވަނީ ކަނޑައަޅާފައެވެ. މަތިވެރީގައި ކޯވިޑްގެ ނުރައްކާ ބޮޑުވެފައިވާއިރު، ނެގޭ ސާމްޕަލަތަކުން ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް ދަނީ އެއްދުވަހުން އަނެއް ދުވަހަށް މަތިވަމުންނެވެ.
މިމަހުގެ 21 ވަނަ ދުވަހު އެރަށުން ވަނީ ކޯވިޑްގެ އަލާމާތްތަކެއް ހުރެގެން 150 ސާމްޕަލް ނަގާފައެވެ. އޭގެ ތެރެއިން 29 ސާމްޕަލެއްގެ ނަތީޖާ ލިބިފައިވާއިރު، 18 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އަދި މިމަހުގެ 22 ވަނަ ދުވަހުވަނީ 64 މީހަކު ޕޮޒިޓިވްވެފައެވެ. މިމަހުގެ 23 ވަނަ ދުވަހު ޕޮޒިޓިވްވި 25 މީހުންނާއިި، އިއްޔެ ޕޮޒިޓިވްވި 13 މީހުންނާއި، އަދި މިއަދު ޕޮޒިިވްވި 3 މީހުންނާއިއެކު އެރަށުން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދުވަނީ 123 އަށް އަރާފައެވެ. އަދިވެސް ބައެއް ސާމްޕަލް ތަކެއްގެ ނަތީޖާ ޕެންޑިންގައިވެސް ވެއެވެ.

މަތިވެރިން މިފަހުން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަދި އެއްވެސް މީހަކު ރަނގަޅު ވެފައި ނުވެއެވެ. އަދި ނަތީޖާ ނުލިބި 92 ސާމްޕަލެއްވެއެވެ.
މުޖުތަމަޢުގެ ތެރޭގައި ބަލި ފެތުރިފައިވާތީ އެރަށް މިހާރުވަނީ މޮނިޓަރިންގެ ޙާލަތަށް ގެނެސް ރަށަށް އަރާ ފޭބުން މަނާކޮށްފައެވެ. އަދި ރަށުގައި މިހާރުވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން ކޮންމެހެން ނިކުންނަން ޖެހިއްޖެ ޙާލަތެއްގައި މެނުވީ ބޭރަށް ނިކުމެ ނޫޅުމަށްވަނީ އަންގާފައެވެ.
ކޮމެންޓު ފޮނުވާ