އެމްއެމްޕީއާރުސީގެ ކޮރަޕްޝަން މައްސަލަ ބަލާނަން، ބައެއް މެންބަރުންގެ ގޮނޑި ގެއްލިދާނެ: ނަޝީދު

އެމްއެމްޕީއާރުސީގެ ކޮރަޕްޝަން މައްސަލަ ބަލާނަން، ބައެއް މެންބަރުންގެ ގޮނޑި ގެއްލިދާނެ: ނަޝީދު

ގުޅުންހުރި

ފަހުގެ ތާރީޚެއްގައި ހިނގި ކޮރަޕްޝަންގެ އެންމެ ބޮޑު އެއް މައްސަލަކަމަށްވާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ބައްލަވާނެކަމަށާއި، އެ މައްސަލަ ބަލައިފިނަމަ މަޖިލީހުގެ ބައެއް މެންބަރުންގެ ގޮނޑި ގެއްލިދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝިދު ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ކުރީ ސަރުކާރާއި މިސަރުކާރުގައި ހިމެނޭ ބައެއް ބޭފުޅުންނާއި އެހާރާއި މިހާރުގެ މަޖިލިސް މެންބަރުންވެސް ހިމެނޭކަމަށާއި، ނަމަވެސް އެ މައްސަލަ ނުބެލި ދިގުލައިގެންދާތީ، އަވަސްކޮށްދެއްވުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ވަނީ މަޖިލީހުގެ ރައީސްއަށް މިދިޔަ މަހު ސިޓީއެއް ފޮނުވާފައެވެ. އެސިޓީއާއި ގުޅިގެން މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ކޮމިޓީއަށް ފޮނުވައިގެން މާ އެދެވޭ ނަތީޖާއެއް ފެނިފައިނުވާކަމަށެވެ. އެހެންކަމުން އެ މައްސަލަ އިތުރަށް ތަހުގީގްކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށާއި އެންޓި ކޮރަޕްޝަން ކޮމިޝަނަށާއި، އެސެޓް ރިކަވަރީ ކޮމިޝަނަށާއި އަދި ފުލުހުންނަށް އިއްޔެ ފޮނުވާފައިވާކަމަށެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ، މި މައްސަލަ ބެލުމަށް މަޖިލީހުން ކުރެވެން ހުރި ހުރިހ ކަމެއް ކުރައްވާނެކަމަށެވެ. އޭގެ ތެރޭގައި އެއްވެސް ތިޖޫރިއެއް އަދި އަލަމާރީއެއް ނުހުޅުވާ ނުހުންނަވާނެކަމަށާއި، ކިތައްމެ ބޮޑު މެންބަރަކަށް ވިޔަސް، ކިތައްމެ ބޮޑު ވަޒީރަކަށް ވިޔަސް، ކިތައްމެ ބޮޑު އަމީރަކަށް ވިޔަސް އެ މައްސަލަ ބައްލަވާނެކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލައާއި ގުލިގެން ވަރަށް ގިނަ ޢާންމުން އެމަނިކުފާނާއި ސުވާލުކުރައްވާކަމަށެވެ.

އަޅުގަނޑުމެމްގެ މަސްޢޫލިއްޔަތެއް ވާޖިބެއް މިއީ މި ދޮރުން ދޮރަށް ހިނގައިގެންވެސް ހުރިހާ ތިޖޫރިއެއް ހުލުވައިގެންވެސް ހުރިހާ އަލަމާރިއެއް ބަލައިގެންވެސް އެންމެ އުނދޯއްޔެއްގެ ކުނާދައްވެސް ނުބާއްވާ ހޯދައިގެން މިކަން އަޅުގަނޑުމެން ހޯދުން.

– ރައީސް ނަޝީދު

މަޖިލީހުގެ މެންބަރުން ބޭނުންފުޅުވާނަ ދުނިޔޭގެ ފޮރެންސިކް މާހިރުން މެދުވެރިކޮށް 70 މިލިއަން ޑޮލަރުގެ ހޯދައި ރާއްޖޭގެ ޚަޒާނާއަށް ގެނެވޭނެ ގޮތް އެބައޮތްކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. މެންބަރުން ބޭނުންފުޅުވާނަމަ އެކަން ކުރައްވަން ތައްޔާރަށް ހުންނެވިކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އިއްޒަތްތެރި މެންބަރުންނަށް އެނގިވަޑައި ގަންނަވާނެ އަޅުގަނޑު މިތަނުގައި ދެންނެވިން 70 ހާސް ޓެކްސްޓް މެސެޖު ހިމެނޭ ޕެންޑްރައިވްއެއް ވާނީ ޤައުމީ ސަލާމަތުގެ ޚިދުމަތްތަކުގެ ކޮމިޓީއަށް ފޮނުވިފާ. އަދިއ ެ ޕެންޑްރައިވާނީ މިތަނުގައި އަރުޝީފް ކުރެވިފައި. އެހެންވީމަމިތަނުގައި އެ މަޢުލޫމާތު މިހާރު ހުންނާނެ. ދެން އިއްޒަތްތެރި މެންބަރުން ބައިނަލްއަޤްވާމީ މާހިރުން ބޭނުންކުރައްވައިގެން އެކަން ހޯއްދަވަން ބޭނުންފުޅުވާނަމަ އެކަންވެސް ކުރެވޭނެ. އެއީ ފޮރެންސިކް އެކައުންޓެންޓުންނަކީ ދުނިޔޭގަ މިހާރު ވަރަށް ކާމިޔާބުކަމާއެކީގަ މި ބާވަތުގެ ކަންކަން ވަރަށް ފަސޭހައިން ކުރައްވާ ހޯއްދަވާ ބައެއް.

– ރައީސް ނަޝީދު

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެމައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުންވަނީ ވިދާޅުވެފައެވެ. ޚިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި 5 ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މިހާރު ސަރުކާރުގެ މަގާމުގައިތަކުގައި ތިބި 7 ބޭފުޅަކާއި، 7 ފަނޑިޔާރެއްގެ އިތުރުން ސަލާމަތީ ބާރުތަކުގައި ހިމެނޭ 23 އޮފިސަރަކަށްވެސް ޚިޔާނާތުގެ ފައިސާ ލިބިފައިވެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުނުންކޮށްފައި ވަނީ ސިޔާސީ މަންފާތަކެއް ހޯދުމަށް ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުންވަނީ ބުނެފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

Leave a Reply

Your email address will not be published. Required fields are marked *