މަގުމައްޗަށް ރަޖިސްޓްރީ ކުރެވެންޏާ މަގުތައް ގުޑާނުލެވޭ ވަރަށް އިސާހިތަކު ފުރޭނެ: ޝަމާއު

މަގުމައްޗަށް ރަޖިސްޓްރީ ކުރެވެންޏާ މަގުތައް ގުޑާނުލެވޭ ވަރަށް އިސާހިތަކު ފުރޭނެ: ޝަމާއު

Author
މުޙައްމަދު ޝަޒައިމް
26 އޭޕްރިލް 2021 11:45
0

ގަރާޖެއްގައި އުޅަނދު ބާއްވާނެކަމުގެ ލިޔުން ހުށަހަނާޅާ އެއްގަމު އުޅަނދު ރަޖިސްޓްރީކުރެވޭގޮތަށް އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިޞްލާހު ގެނައުމަށް ނިންމިމުގެ ސަބަބުން އާންމު ރައްޔިތުންނަށް އެކަމުންވާނެ ގެއްލުމަށް ވިސްނަންޖެހޭ ކަމުގައި މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ސަމާޢު ޝަރީފް ވިދާޅުވެއްޖެއެވެ.

ގަރާޖެއްގައި އުޅަނދު ބާއްވާނެކަމުގެ ލިޔުން ހުށަހަނާޅާ އެއްގަމު އުޅަނދު ރަޖިސްޓްރީކުރެވޭގޮތަށް އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިޞްލާހު ގެނައުމަށް ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން ފާސްކުރުމާއި ގުޅިގެން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ޝަމާއު ވިދާޅުވީ މިހާރުވެސް ވެހިކަލްތަކާއި ހެދި މާލޭގެ މަގުތައް ފުރި ބާރުވެފައިވާކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މިގޮތަށް މިކަން ކޮށްފިނަމަ މިކަމުން ލިބޭނެ އާންމު ފަރުދީ ގެއްލުން މާބޮޑުވާނެކަމަށެވެ.

ޕާކް ކުރާނެ ޖާގަ ނެތި މަގުމައްޗަށް ރަޖިސްޓްރީ ކުރެވެންޏާ މާލޭ މަގުތައް ގުޑާ ނުލެވޭ ވަރަށް އިސާހިތަކު ފުރޭނެ. މިހާރުވެސް މާލޭގެ ކެރީއިން ކެޕޭސިޓީއަށް ވުރެ މާބޮޑަށްވެސް ވެހިކަލް އިތުރު. ކުރާ ކަމަކެއްގެ ކޮންސިކުއެންސު ވިސްނާލާތި. ވައްކަން ހުއްޓުވާނީ ދެންހުރި ކަންކަމަށް ނުބަލައެއް ނޫން.

– ޝަމާއު ވިދާޅުވިއެވެ.

މިހާރު ޤާނޫނު އޮންނަގޮތުން އެއްގަމު އުޅަނދު ރަޖިސްޓްރީކުރުމަށް ހުށައަޅާނަމަ، އެ އުޅަނދެއް ބާއްވާނެކަމުގެ ގަރާޖެއްގެ ލިޔުން ހުށައަޅާންޖެހެއެވެ. އަދި އެއްގަމު އުޅނަދު ރަޖިސްޓްރީކުރުމުގައި ޢަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމުގެ ބާރުވެސް މިހާރު ޤާނޫނު އޮންނަގޮތުން ލިބިދީފައިވަނީ ޓްރާންސްޕޯޓް އޮތޯރިޓީއަށެވެ.

އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިޞްލާހު ގެނައުމަށް ހުށައެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އެވެ. ނަޝީދު ހުށައެޅުއްވި އިޞްލާހުތައް ކޮމިޓީން ދިރާސާކޮށް ނިންމެވި ގޮތުގެ ރިޕޯޓްގައި ބުނެފައިވަނީ  ރާއްޖޭގައި އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގައި އަމިއްލަ ފަރާތެއްގެ ގަރާޖެއްގައި ނުވަތަ އަމިއްލަ ފަރާތެއް، ނުވަތަ އެނޫންވެސް ތަނެއްގައި ނުވަތަ ބިމެއްގައި އެ އުޅަނދު ބޭއްވުން ލާޒިމުނޫން ކަމަށެވެ. އަދި ގަރާޖެއްގައި އެ އުޅަނދު ބާއްވާނެ ކަމުގެލިޔުން ހުށަހެޅުން ލާޒިމެއް ނޫންކަމަށްވެސް ކޮމިޓިން ގެނައު އިޞްލާޙުގައިވެއެވެ.

އެގޮތަށް އިޞްލާޙު ގެނައި މައިގަނޑު ސަބަބެއްކަމަށް ބަޔާންކޮށްފައިވަނީ ގަރާޖުގައި ވެހިކަލް ބާއްވާނެކަމުގެ ލިޔުމެއް ހުށަހަޅަން ޖެހޭކަމަށް އޮތުމުގެ ސަބަބުން ބައެއް ފަރާތްތަކުން ބޮޑު އަގުގައި އެފަދަ ލިޔުންތައް ވިއްކަމުން ގެންދާ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުންނެވެ.

އޮޅުވާލައިގެން އެއް ގަރާޖެއްގެ ނަންމަތީ އެތައް ވެހިކަލެއް ރަޖިސްޓްރީކޮށްގެން ދުއްވާ މައްސަލައަކީ މާލޭގައި ވާރަށްބޮޑަށް ދިމާވި މައްސަލައެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

H Haaufaa
Garaajegga baavvan sharuthu koh vehikal rajister kurumakee olhuvaalumaa makaraa heelai hedhumaa dhogu hadhan hivvaru dhinumah sarukaarun koffaivaa kameh. Ekan uvaalumun e balimadu kamun meehun nah minju vevuneethaa!