އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިރޭ އެޕާޓީގެ އޮފީހުގެ ކައިރީގައި ސުލްހަަވެރިކަމާއިއެކު ބޭއްވި އަޑު އުފުލުން ހުއްޓުވައި ހުރަސް އެޅުމަށް ބާރުގެ ބާނުންކޮށް ގިނަ ބަޔަކަށް އަނިޔާކޮށްފިއެވެ.
ޕީޕީއެމްއިން ބުނެފައިވަނީ މިރޭ އެޕާޓީގެ ހަރަކާތުގެ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު އޮފީސް ކައިރީގައި ޕީޕީއެމްގެ ސަޕޯޓަރުން މަޑުކޮށްގެން ތިއްބައި ގަދަކަމުން އޮފީސް ތެރެއަށް މީހުން ވެއްދުމަށް ބާރުގެ ބޭނުން ކުރުމުން 5 މީހަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވާކަމަށެވެ. ބައެއް މީހުންނަށް އަނިޔާވެގެން މިހާރު ވަނީ ހޮސްޕިޓަލަށްވެސް ގެންގޮސްފައެވެ.
މިރޭގެ އެއްވި މީހުން މާލޭގެ މަގުތަކުގައި މުޒާހަރާ ކުރުމަށް ނިންމާފައިނުވެއެވެ. ނަމަވެސް ފުލުހުން ވަނީ މާލޭގެ މަގުތަކަށް ނިކުމެދާނެކަމަށް ބަލައި ބޮޑެތި އަނިޔާތަކެއް އެއްވި މީހުންނަށް ދީފައެވެ.
އިދިކޮޅު ކޯލިޝަނުން ވަނީ ފުލުހުން ހިންގި މިއަަލު އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކޮށްފައެވެ. އަދި މިއީ ސުލްހަވެރިކަމާއިއެކު އެއްވެ އިހުތިޖާޖު ކުރުމަށް ޤާނޫނު އަސާސީން ލިބިދޭ ހައްގަށް ސަރުކާރުގެ އޯޑަރަށް ފުލުހުން ހިންގާ އަމަލުތަކެއް ކަމަށް ބުނެފައެވެ. އިދިކޮޅު ކޯލިޝަނުން މިރޭ ވަނީ ރައީސް ޔާމީން މިނިވަން ކުރުމަށް މުޅި ރާއްޖޭގައި ބޮޑު މުޒާހަރާއެއް އަންގާރަ ދުވަހުރޭ ބޭއްވުމަށް ނިންމާފައެވެ.
ކޮމެންޓު ފޮނުވާ