ކޮމިއުނިޓީ ސްޕްރެޑެއް އޮތް އއ.މަތިވެރިން ކޯވިޑް-19 އަށް އިތުރު 25 މީހަކު ޕޮޒިޓިވްވި، މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު 107 އަށް އަރައިފިއެވެ.
މަތިވެރިން ބައްޔަށް ޕޮޒިޓިވްވި މީހުން، ޕޮޒިޓިވްވިކަން އެނގިފައިވަނީ ބަލީގެ އަލާމާތްތައް ފެނިގެން ޓެސްޓުކުރުމުންނެވެ. މިއާއެކު އެރަށުގަ މުޖުތަމަޢުގެ ތެރޭގައި ބަލި އޮތްކަމަށްވަނީ ކަނޑައަޅާފައެވެ. މަތިވެރީގައި ކޯވިޑްގެ ނުރައްކާ ބޮޑުވެފައިވާއިރު، ނެގޭ ސާމްޕަލަތަކުން ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް ދަނީ އެއްދުވަހުން އަނެއް ދުވަހަށް މަތިވަމުންނެވެ.
މިމަހުގެ 21 ވަނަ ދުވަހު އެރަށުން ވަނީ ކޯވިޑްގެ އަލާމާތްތަކެއް ހުރެގެން 150 ސާމްޕަލް ނަގާފައެވެ. އޭގެ ތެރެއިން 29 ސާމްޕަލެއްގެ ނަތީޖާ ލިބިފައިވާއިރު، 18 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އަދި އިއްޔެ ވަނީ 64 މީހަކު ޕޮޒިޓިވްވެފައެވެ. އަދި މިއަދު ޕޮޒިޓިވްވި 25 މީހުންނާއިއެކު އެރަށުން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދުވަނީ 107 އަށް އަރާފައެވެ. އަދިވެސް ގިނަ ސާމްޕަލް ތަކެއްގެ ނަތީޖާ ޕެންޑިންގައިވެސް ވެއެވެ.
މުޖުތަމަޢުގެ ތެރޭގައި ބަލި ފެތުރިފައިވާތީ އެރަށް މިހާރުވަނީ މޮނިޓަރިންގެ ޙާލަތަށް ގެނެސް ރަށަށް އަރާ ފޭބުން މަނާކޮށްފައެވެ. އަދި ރަށުގައި މިހާރުވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން ކޮންމެހެން ނިކުންނަން ޖެހިއްޖެ ޙާލަތެއްގައި މެނުވީ ބޭރަށް ނިކުމެ ނޫޅުމަށްވަނީ އަންގާފައެވެ.
ކޮމެންޓު ފޮނުވާ