ކާޑުގުދަނެއްގައި ހުރި ބަސްތަތާކެއް ވެއްޓި 3 މީހަކަށް އަނިޔާވެއްޖެ

ކާޑުގުދަނެއްގައި ހުރި ބަސްތަތާކެއް ވެއްޓި 3 މީހަކަށް އަނިޔާވެއްޖެ

Author
މުޙައްމަދު ޝަޒައިމް
24 އޭޕްރިލް 2021 03:35
0

ހުޅުމާލޭގައި ހުންނަ އެސްޓީއޯ ކާޑު ގުދަނުގައި ކާޑު ބަސްތާތަކެއް ވެއްޓި އެ ކުންފުނީގެ ތިން މުވައްޒަފަކަށް އަނިޔާވެއްޖެއެވެ.

އެސްޓީއޯގެ މީޑިއާ އޮފިޝަލް ވިދާޅުވޯ މިއަދު މެންދުރު ކުރީގައި ހިނގި މިހާދިސާގައި އަނިޔާލިބުނީ 3 ބިދޭސީއަކަށް ކަމަށާއި، އެ 3 މީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދީފައިވާކަމަށެވެ. އަދި އޭގެ ތެރެއިން 2 މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާކަމަށާއި އަނެއް މީހާ އައިޖީއެމްއެޗަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

މިހާދިސާ ހިންގަން މެދުވެރިވި ސީދާ ސަބަބު އެކުންފުނިން އަދި ހާމަކޮށްފައިނުވެއެވެ.

މުދާ އުފުލުމުގެ ތެރޭ ބޮޑެތި އެކްސިޑެންޓުތައް މި ފަހުން މާލޭގައި ހިނގާފައިވެ އެވެ. މާލޭ ކޮމާޝަލް ހާބަރު ތެރޭގައި މި އަހަރު ހިނގި ދެ އެކްސިޑެންޓެއްގައި ދެ މީހަކު ވަނީ މަރުވެފައެވެ. މިހާދިސާތަކާއި ގުޅިގެން އަޅަންޖެހޭ ރައްކާތެރި ކަމުގެ ފިޔަވަޅު އަޅަމުންދާކަމަށް އެކުންފުނިތަކުން ދަނީ ހާމަކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.