މިމަހުގެ ދިހަވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީޓަކުގެ އިންތިޚާބުގައި އެމްޑީޕީއަށް މައްސަލަހުރިކަމަށް ފާހަގަކުރެވުނު ދާއިރާތަކުގެ މައްސަލަތައް ކޯޓަށް ހުށަހެޅުމާއިމެދު މިރޭ ގޮތެއް ނިންމުމަށް އެޕާޓީން ނިންމައިފިއެވެ.
މިކަމާއިމެދު ގޮތެއް ނިންމުމަށް ހަމަޖެހިފައިވަނީ މިރޭ ބާއްވާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައެވެ. އެމްޑީޕީން ވަނީ އިންތިޚާބާއި ގުޅުންހުރި ގިނަ ޝަކުވާތަކެއް އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައެވެ. އަދި މާލެ ސިޓީގެ ހަ ފޮއްޓެއް އަލުން ގުނުމަށް އެޕާޓީންވަނީ އިލެކްޝަންގައި އެދިފައެވެ. ނަމަވެސް އިލެކްޝަން ކޮމިޝަނުން ވަނީ އިންތިޚާބުގައި ޝަކުވާ ހުރި ދާއިރާތަކު މައްސަލަތައް ހައްލުކޮށް ރަސްމީ ނަތީޖާ ރޭ އިއުލާންކޮށް ނިންމާލާފައެވެ.
ބައްދަލުވުމުގެ އެޖެންޑާގައި ވޯޓުގެ މައްސަލައިގައި ކޯޓަށް ދިއުމާއި ގުޅޭގޮތުން ގޮތެއް ނިންމުމާއި، އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު 2021 ގައި ބައިވެރިވާ ކެންޑިޑޭޓުންގެ ޝަރުތުތައް ކަޑައެޅުންވެސް ހިމެނެއެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވަން ބޭނުންފުޅުވާ ކެނޑިޑޭޓުންނަށް ކުިރމަތި ލުމުގެފުރުސަތު މިއަދު ވަނީ ހުޅުވާލާފައެވެ.
އެމްޑީީޕީގެ ޤައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 9:30 ގައި ބިލަބޮން ހައި އިންޓަރނޭޝަނަލް ސުކޫލު ހޯލުގައެވެ.
ކޮމެންޓު ފޮނުވާ