އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ހުޅުވާލައިފި

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ހުޅުވާލައިފި

Author
މުޙައްމަދު ޝަޒައިމް
24 އޭޕްރިލް 2021 02:56
0

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ދާއިރާތަކުގެ އިންތިޚާބު މެއި މަހުގެ 29 ވަނަ ދުވަހު ބޭއްވުމަށް ނިންމައި، އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ދާއިރާތަކާއި، ޕްރޮވިންސް ތަކާއި އަދި ސިޓީތަކަށް އިސްފަރާތްތައް އިންތިޚާބުކުރުމަށް އަންނަ މަހު ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބާއި ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ޙިއްސާކުރައްވަމުން އެޕާޓީގެ ސްޕޯކްސް ޕާސަން އިމްތިޔާޒް ފަޙްމީ ވިދާޅުވީ ޖުމްލަ 455 މަޤާމަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވާ ކަމަށެވެ. އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 8ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެއެވެ. އޭނާ ވިދާޅުވީ މި އިންތިޚާބުގައި ވާދަކުރުމަށް އޮންލައިންކޮށްވެސް ފޯމް ހުށައެޅޭނެކަމަށެވެ.

ދާއިރާއެއްގެ ރައީސްކަމަށް ކުރިމަތިލާނާމަ އެ ދާއިރާއަށް ނިސްބަތްވާ އެމްޑީޕީގެ 50 މީހުންގެ ސޮއި ހަމަކުރަންޖެހެއެވެ. އަދި ޕްރޮވިންސް ނުވަތަ ސިޓީއެއްގެ ރައީސްކަމަށް ކުރިމަތިލާނަމަ 200 މެންބަރުންގެ ސޮއި ހޯދަން ޖެހެއެވެ.

މި އިންތިޚާބުގައި ވޯޓުލެވޭނީ މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އެމްޑީޕީން ބަލަހައްޓާ އެތެރޭގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށްކަމަށާއި، ޕާޓީގެ އެތެރޭގެ ދަފްތަރުގައި 93354 މީހުން ރަޖިސްޓްރީވެފައިވާ ކަމަށް ސްޕޯކްސް ޕާސަން ވިދާޅުވިއެވެ.

ދާއިރާތަކުގެ އިންތިޚާބުގައި ވޯޓުލުމުގެ ފުރުސަތު ލިބޭނީ އެމްޑީޕީގެ ދަފްތަރުގައި ރެޖިސްޓަރީ ކޮށްފައިވާ މެންބަރުންނަށެވެ. ޕާޓީގެ ދަފްތަރުގައި ޖުމްލަ 93،354 މެންބަރުން ރެޖިސްޓަރީ ވެފައިވާ ކަމަށް އެމްޑީޕީން މައުލޫމާތުދެއެވެ. އެމްޑީޕީގެ މެންބަރުންގެ ލިސްޓް ޕާޓީގެ ވެބްސައިޓްގައި ޝާއިއުކޮށްފައި ވާއިރު އެސްއެމްއެސް ކޮށްގެން ޕާޓީގެ މެންބަރެއްތޯ ބެލޭނެ ކަމަށް އެ އެޕާޓީން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.