އެމްޑީޕީގެ މާލެ ސިޓީ ކައުންސިލް ދާއިރާގެ ރައީސްކަމަށް ވާދަކުރައްވާ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން، ކުރިހާވެސް ކަމަކީ ދެބައުޑުވެ، ޕާޓީތެރެ ބައިބައި ކުރުން ކަމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އަކްރަމް ކަމާލުއްދީން މާލެ ސިޓީގެ ދާއިރާ ރައއީސްކަމަށް ވާދަކޮށް އާންމުކޮށްފައިވާ ޕޯސްޓަރަކާއި ގުޅިގެން ރައީސް ނަޝީދު ގެންގުޅުއްވާ ފޭކް އެކައުންޓުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަކްރަމް ކަމާލުއްދީން މިހާތަނަށް އެމްޑީޕީގައި ކުރެއްވިހާވެސް ކަމަކީ ޕާޓީ ތެރޭގައި ފިތުނަ ފަސާދަ އުފައްދައި، ދެބައުޑުވުންކަމަށެވެ.
އެމްޑީޕީ ބައިބައި ކުރީ. ދޭތެރެ ޖައްސައި، ދެބައުޑުވާ، ފިތުނަ އުފެއްދީ. އެއީ ވަރަށް އެހެން ކަހަލަ ހުނަރެއް.
– އެލެކްސްގެ އެކައުންޓް ކޮށްފައިވާ ޓުވީޓުގައި ބުނެފައިވެއެވެ.
MDP bai bai kuree. Dheytheyre jahsaa, dheba uduvaa, fithuna ufehdhee. Ey ee varah eyhen kahala hunareh.
— Alex Ahmed (@anedhivehirajje) April 23, 2021
ނަޝީދު މިފަދަ ގޮތަކަށް ވިދާޅުވެފައިވާއިރު، އަންނަ މަހުގެ29 ވަނަ ދުވަހު ބާއްވާ އެޕާޓީގެ އެތެރޭގެ އިންތިޚާބުގައި ރައީސް ނަޝީދު ވަކި ކެންޑިޑޭޓުންނަށް ތާއީދުކުރައްވާތީ އެމައްސަލަ ވަނީ އެޕާޓީ ތެރޭގައި ހޫނުވެފައެވެ. މާލެ ސިޓީގެ ދާއިރާ ރައީސްކަމަށް އަކްރަމް ކަމާލުއްދީން ވާދަކުރަން އިއުލާން ކުރި ހިސާބުން އެމްޑީޕީގައި ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން ގެންދަވަނީ އަކްރަމަށް އެންޓި ކެމްޕެއިން ކުރަމުންނެވެ.
އަކްރަމާއި ރައީސް ނަޝީދާއި ދެމެދު ބޮޑު ޚިޔާލު ތަފާތުވުމެއް އުފެދިފައިވަނީ ނޯތު ކޮރެއާގެ ރައީސް އެޤައުމު ހިންގާގޮތަށް ޕާޓީއެއް ނުހިންގޭނެކަމަށް ވިދާޅުވެ، އަކްރަމް ނަޝީދަށް ރައްދު ދެއްވި ހިސާބުންނެވެ. އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މިސަރުކާރަށް ނިސްބަތްކުރައްވާ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ މިއީ ވައްކަން ކުރާ ސަރުކާރެއްކަމަށެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅުތަކާއި ގުޅޭގޮތުން އަކްރަމް ކަމާލުއްދީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އުތުރު ކޮރެއާގެ ރައީސް އެޤައުމު ހިންގާގޮތަށް ޕާޓީއެއް ނުހިންގޭނެކަމަށެވެ.
ކޮމެންޓު ފޮނުވާ